އިންޑިއާ

އިންޑިއާގެ އަސްކަރިއްޔާއިން ދިވެހި ސިފައިން ތަމްރީން ކުރަން މަޝްވަރާކޮށްފި

ތަމްރީނާއި އުނގެނުމުގެ ދާއިރާއިން އިންޑިޔާ އަސްކަރިއްޔާއިން ރާއްޖޭ ސިފައިންނަށް އެހީވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ. މި މަޝްވަރާތައްކޮށްފައި ވަނީ ރާއްޖެ އައިސް އުޅޭ އިންޑިއާ އަސްކަރިއްޔާގެ ތަމްރީނާބެހޭ ވަފުދު ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްއާއި ބައްދަލު ކުރައްވަ އެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާ އަސްކަރިއްޔާއިން ތަމްރީނާއި އުނގެނުމުގެ ދާއިރާއިން އެމްއެންޑީއެފަށް ވެދެވިދާނެ އެހީތެރިކަމާބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ވަފުދުގެ ބޭފުޅުން އެމްއެންޑީއެފްގެ ކަމާގުޅޭ ދާއިރާތަކުގެ އިސް ވެރިންނާއެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އިންޑިއާގެ ވަފުދު ފުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.