ހަބަރު

ނާޒިމަށް އަނިޔާ ކުރުމަކީ ރައްޔިތުންނަށް އަނިޔާކުރުން: އިމްރާން

Feb 17, 2015

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އަނިޔާ ކުރުމަކީ ރައްޔިތުންނަށް އަނިޔާ ކުރުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ނާޒިމް ފަދަ ރައްޔިތުންނަށް ޚިދުމަތްތެރި މީހަކަށް ހައްގަކައި، ނުލައި އަނިޔާ ކުރުމަކީ ރައްޔިތުންނަށް އަނިޔާކުރުން ނޫން ކަމަށް ނުވާނެ ކަމަށެވެ.

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ނާޒިމް ހައްޔަރުކޮށް، އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ މައްސަލަ ނާޒިމްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު އެ މައްސަލައިގެ ތުހުމަތު ކުރެވުމާ އެކު ޑިފެންސް މިނިސްޓަރުކަމުން ނާޒިމް ވަނީ ވަކިކޮށްފަ އެވެ.