އެމްއެންޑީއެފް

ސެނަހިޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރަން މަޝްވަރާކޮށްފި

Jul 14, 2016

އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމާ ގުޅޭގޮތުން އިންޑިއާ އަސްކަރިއްޔާ އާއި ރާއްޖޭގެ އަސްކަރިއްޔާ އިން މަސްވަރާ ކޮށްފި އެވެ. މި މަޝްވަރާތައް ކުރީ ރާއްޖެ އައިސް އުޅުއްވާ އިންޑިއާ އަސްކަރިއްޔާގެ ތަމްރީނާބެހޭ ވަފުދުގައި ހިމެނިވަޑައިގަންނަވާ،

މޭޖާ ޖެނެރަލް ޖޭކޭއެސް ޕަރިހާރް، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމާއި ބައްދަލު ކުރައްވާ އިއްޔެ ކުރެއްވި މަޝްވަރާތަކުގަ އެވެ. އެ ދެބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.

އިއްޔެ ބޭއްވި މަޝްވަރާގެ ބައްދަލުވުމުގައި ސެނަ ހިޔާގެ އިތުރުން ދެ އުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.