ޕީޕީއެމް

ޕީޕީއެމްގެ ކޮމެޓީތައް ކުރިއަށް ގެންދަން ހުއްދަ ދީފި

ޕީޕީއެމްގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމްގެ އެންގެވުމަކާނުލާ ޕާޓީއެއްގެ އެއްވެސް ގުނަވަނަކުން އަދި ކޮމެޓީއަކުން އެއްވެސް ބައްދަލުމެއް ނުބޭއްވުމަށް އެމަނިކުފާނު އެންގެވި އެންގެވުން އަނބުރާ ގެންދަވައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމް ވިދާޅުވީ، ޕާޓީގެ ގުނަވަންތަކާއި ޕާޓީގެ ކޮމެޓީތަކުގެ މަސައްކަތްތައް ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދާ އެއްގޮތަށް މިއަދުން ފެށިގެން ކުރިއަށް ގެންދެވުން އެންމެ ރަނގަޅު ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށެވެ. ރައީސް މައުމޫން ވަނީ ކޮމެޓީތަކުގެ މުގައްރިރުންނަށް ވެސް އެކަން ރޭ އަންގަވައި މެސެޖެއް ފޮނުއްވާފަ އެވެ.

ކޮމެޓީތައް ކުރިޔަށް ގެދިއުމުގެ ހުއްދަ އަލުން މައުމޫން ދެއްވި އިރު ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމްގައި ހުރި މައްސަލަތައް މަޝްވާރާކޮށްގެން ހައްލު ކުރުމަށް އެމަނިކުފާނު އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވޭނެ ކަމަށާއި އެހެން ނުވުމަކީ އިިދކޮޅު ފަރާތްތަކަށް ލިބިގެންދާނެ ހަދިޔާއެއްކަ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ޕާޓީ މަގުސަދުތައް ލީޑަޝިޕަށާއި މެންބަރުންނަށް ހަދާން ކޮށް ދެއްވާފަ އެވެ.