މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޖޫން މަހު 2.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި

Jul 14, 2016
1
  • އިމްޕޯޓް ޑިއުޓީ 11 ޕަސެންޓް އިތުރު
  • ޖޫން މަހު އިމްޕޯޓް 14 ޕަސެންޓް އިތުރު
  • އެކްސްޕޯޓު ކުރި މިންވަރު 24 ޕަސެންޓް ދަށަށް

މިދިއަ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މި ދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެއްޖެ އެވެ. މި ދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 2.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ހުސްވި ޖޫން މަހު 11 ޕަސެންޓަށް އިތުރުވެފަ އެވެ. ފާއިތުވި ޖޫން މަހު އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 183.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ދިޔަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 165.5 މިލިއަން ރުފިޔާ އެވެ.

ފާއިތުވި ޖޫން މަހު ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 24 ޕަސެންޓް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު 288.6 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ ޖޫން މަހު މި އަދަދު ވަނީ 218.4 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މި އަހަރު ދެބައިވީއިރު، އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 1.20 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރު އަދަދެކެވެ.