ފިނިޕޭޖް

އަސްލު، ކަނޑު ރަސްގެފާނު: ދިވެހި ރާއްޖެ ގޮވައިގެން އުދުހެނީ

އެންމެ ކުޑައިރު ވެސް އޭނާ ބޭނުންވީ އުދުހޭށެވެ. މަޝްހޫރު އެނިމޭޓެޑް ސިލްސިލާ "ތަންޑަކެޓްސް" އަކީ އޭނާ އަށް އެ ހިތްވަރު އެންމެ ފުރަތަމަ ހޯދައިދިން މަންޒަރެވެ. ނަމަވެސް މިއަދު މި ފެންނަ ގޮތަށް އުދުހި، ވައިގެ ތެރޭގައި ބުރުއަޅައި އުޅެން ފެށުމުގެ ކުރިން އޭނާ އުދުހެން ފެށީ ގަލޮޅު ދަނޑުގަ އެވެ. ދިވެހި ފުޓްބޯޅައިގެ ނިކަން އުއްމީދީ ތަރިއެއްގެ ގޮތުގަ އެވެ.

އެއަށް ފަހު ތަރިއެއްހެން އަރައިގެން ގޮސް އޭނާ ފުންމާލީ މޫދަށެވެ. ދެނެއް އެ މޫދަކުން ނޭރި އެވެ. އެއަށް ފަހު ދިވެހި ރާއްޖެ ކޮނޑަށްލައިގެން އުދުއްސައިގަތީ އެވެ.

މިއީ އިބްރާހިމް ހުސައިންގެ އާދަޔާހިލާފު ވާހަކަ އެވެ. ނުވަތަ މަޝްހޫރު ނަމުން ނަމަ އިއްބަޑޭ އެވެ. އެއްބަޔަކު ބުނާ ގޮތުން ނަމަ އޭނާގެ ނަމުގެ ފަހަތަށް މިހާރު އެ ވަނީ "އުދުހޭ" އިތުރުކުރަން ޖެހޭ ވަރުވެފަ އެވެ. އެހެންވީމަ ކިޔަން ޖެހޭނީ އުދުހޭ އިއްބަޑޭ އެވެ.

މިއީ ރާއްޖޭގައި މިހާރު މަގްބޫލުކަން ހޯދާފައިވާ އެކްސްޓްރީމް ސްޕޯޓެއް ކަމުގައިވާ ފްލައިބޯޑިންގެ ދިވެހި ބައްޕަ އެވެ. ވަރަށް ވެސް ޒުވާން ބައްޕައެކެވެ. ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާން ޖެހޭ ވަރުގެ ނަމެކެވެ. ހިތްވަރެކެވެ. އުފަލެކެވެ.

އެންމެ ފަހުން އޭނާ ދިވެހިންނަށް ރީތި ނަން ހޯދައި ދިނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވެ، ޗަރުކޭސް ދައްކައިގެން އެ މުބާރާތުގެ ތިން ވަނަ ކާމިޔާބުކޮށްގެންނެވެ.

އިއްބަޑޭގެ ހުރިހާ ކަމެއް ވެސް ވަރަށް ތަފާތެވެ. ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އޭނާ ދިން ހާއްސަ އިންޓަވިއު އެވެ.

ރާއްޖޭގައި އަސްލު މިކުޅިވަރު މީގެ ކުރިން ބަޔަކު ނުވެސް ދަނޭ. އިއްބަޑޭ މިކަން ކުރުމުގެ ކުރިން ހިޔެއް ނުވޭ ބަޔަކު މިކަމާ އުޅުނުހެންވެސް. އެންމެ ފުރަތަމަވެސް ކިޔާލަ ދީބަލަ ފްލައިބޯޑާ ދިމާއަށް ޝައުގުވެރިކަން ދަމައިގަނެ އެކަމުގެ ތެރެއަށް ވަދެވުނު ގޮތް؟ މިކަހަލަ ބަޔަކު ނުވެސް ކުޅޭ ކުޅިވަރަކަށް ވަންނަން ހިތްދަމައިގެން ގޮތެއް ކިޔާލަދީބަލަ؟

"އަބަދުވެސް މޫދު ކުޅިވަރަށް ވަރަށް އިންޓަރެސްޓް ހުރޭ. ކޮންމެވެސް ތަފާތު ކަމެއް ކުރަން ބޭނުން ވާނީ. އެގޮތުން ފްލައިބޯޑް ފުރަތަމަ ފެނުނީ ޔޫޓިއުބުން. އެ ވީޑިއޯ ފެނުނީމަ ދެން ހިތަށް އެރީ މިއީ ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއޭ. ބޭރުގެ މީހުން ހަދާލާފައި ހުންނަ މޮޅަތި މޫވްސްތައް ފެނުނީމާ ހިތަށް އެރީ، ޗެލެންޖަކަށް ނެގީ މިއަދު ކުރެވިދާނެ ޕޮސިބަލް ކަންތައްތައްކަން. ޔޫޓިއުބުން ހަމަ ބޮޑަށް މި ޝައުގުވެރިކަން މި އައީ."

"ދެން ބޭނުންވީ އަމިއްލަ އެއްޗެއް ހޯދަން. އޯންކޮށްފަ ޖެޓްސްކީއެއް ހޯދާފައި ފެށީ. އެއީ މީގެ ދެ އަހަރު ކުރިން. އެގޮތުން 2013ގައި ފްލައިބޯޑިން ފެށީ. ފުރަތަމަ ވޯލްޑްކަޕްއެއްގައި ޕާފޯމްކުރިއިރު ވޯލްޑް ރޭންކިންގައި ގައުމަށް ރީތިނަމެއް ހޯދައިދެވުނު. އެންމެ ފުރަތަމަ ދިޔައީ ނޯތް އެމެރިކާއަށް އެތަނުން 32. ދެން ޕްރޯ ކެޓަގަރީއަށްވަނީ އޭގެ ފަހުން ވޯލްޑްކަޕްގައި 26 ވަނަ ހޯދާފައި ދެން އެންމެ ފަހުން ޔޫރަޕިއަން ފްލައި ބޯޑިން ޗެމްޕިއަންޝިޕްގައި ތިން ވަނަ ލިބުނު."

ފްލައިބޯޑު ރާއްޖެެއަށް މިހާ ފަހުން ތައާރަފްވީ އިރު މިއަށް އެބަ ފެނޭ ބޮޑު ތަރުހީބެއް އޮންނަތަން. އެކަމަކު ހިތަށް އަރަނީ އަދިވެސް ހާދަ ދުވަހެއް ނަގާނޭ މިއީ މުޖުތަމައުގެ ގިނަ ބަޔަކު ގަބޫލު ކުރާ ކުޅިވަރަކަށް މިކަން ވާން. މިހާރު ރާއްޖޭގައި ކިހާވަރަކަށް ބަލައިގެންފައިވާ ކުޅިވަރެއް ކަމަށް ދެކެނީ، ފްލައި ބޯޑަކީ؟ މީގައި ރަނގަޅު މުސްތަގުބަލެއް އެބަ އޮތްބާ؟

"އަސްލު މިއީ ކަންނޭނގެ މުސްތަގުބަލަކީ. ޒަޕަޓާރިއަސް އިން އޮފިޝަލް ފްލައި ބޯޑާ އެއްގޮތަށް ރެޕްރެޒެންޓް ކުރާ އެމީހުން ހޮވާފައި ތިބޭ އެތުލީޓުން އެ ތިބޭ. ދުނިޔޭގައި އުފެދިފައި އިން ފްލައިބޯޑް އެއާ ވެސް މި ހަދަނީ، ޒަޕަޓާރިއަސް އިން. ދުނިޔޭގެ އެތައް ރިކޯޑުތަކެއް ހަދާފައި އެހެރީ އެމީހުން.

އެ ލެވްލެގެ ބަޔަކާއެކީ މަސައްކަތް ކުރަން ލިބުމުން އޭގެ ފިއުޗާ އެބައޮތްކަން މި އެނގެނީ. ދިވެހިންގެ ތެރޭގައިވެސް ވަރަށް ގާތް ބައެއް އެބައުޅޭ އެތާ، މުސްތަގުބަލުގައި ފްލައިބޯޑްގެ ވާހަކަ ދައްކަންޏާ އެއީ މި ވޯޓާ ސްޕޯޓްސްގެ މުސްތަގުބަލަކީ އަސްލު. އެންމެ މީހަކަށް ވެސް މީތި ގަނެގެން ބޭނުން ކޮށްލެވޭ ލެވަލްއަކަށް މި ޑިވަލޮޕް ކުރަން ވިސްނުންތައް މި ހުރީ މި އުފައްދާ މީހުން ވެސް. ކޮމާޝަލީ މީހުން އަމިއްލައަށް އޭތި ގަނެގެން، ދުއްވާލާ ހިތްވާ މީހުންނަށް ގަނެވޭ ހިސާބަށް އަދި މި ފްލައި ބޯޑް ނެރޭނެ.."

ދެން ހިނގާ ފްލައިބޯޑާ ކުޑަކޮށް ދުރަށް ޖެހިލަން. ކުޑަކޮށް ޕާޒަނަލްކޮށްލާނަން. އިބައްޑޭ އަކީ ފުޓްބޯޅަ އާއިލާއަކުން އައިސްފައި ހުރިމީހެއް. އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިއެއް ގޮތަށް ފެނުނީ ވެސް. ފުޓުބޯޅައިން ކީއްވެބާ މިހާ ބޮޑު ޖަމްޕެއް މި ޖެހީ މުޅިން އެހެން ދާއިރާއަކަށް؟ ފުޓްބޯޅަ ހަޔާތް މި ވޭތު ކުރި ގޮތް ކިޔާލަދީބަލަ؟

"ފުޓުބޯޅަ އެއީ އަސްލު ވަރަށް ކުރިން، ގަލޮޅޭ ކިޔައިފިއްޔާ ގާތްގަނޑަކަށް އެއީ ހަމަ ފުޓުބޯޅަ ޓިމެއް ދޯ އެ ފެންނަނީ. ވިކްޓްރީ ކަހަލަ ގޮތަކަށް. އޭގައި ތިބީ ވަރަށް ފޭވަރިޓް ކުޅުންތެރިންނާއި އެކަހަލަ މީސްމީހުން. އަޅުގަނޑު ވަރަށް ފޭވަ ކުރަން. އަނެއްހެން ދެން ސްޓައިލެއް އިނދޭ ކޮންމެ ކުޅުންތެރިއެއްގެވެސް. އެގްރެސިވް ވެފައި އޮޕޯނެންޓް ޖެހިލުންވާފަދަ ޕާފޯމެންސް އެއް ދެއްކެން ޖެހޭ ކަހަލަ ސްޓައިލްގެ ކުޅުމެއް ކަންނޭނގެ ކުޅެވިފައި ހުރީ. އޭތި ބަލައިގަތް ވަރަށް ގިނަ ޓީމު ތަކުންވެސް ބޮޑެތި ކުލަބުތަކުންވެސް."

"ދެން ވިނިން އަށް ބަލައިފިއްޔާ ވަރަށް ރަނގަޅު ޕާފޯމެންސްއެއް ދެއްކިފައި ހުންނާނެ. އަސްލު ވަރަށް ވިސްނަން ޑިސިޕްލިން އަށް އެހެން އުޅޭއިރު"

ގާތްގަނޑަކަށް ކިތައް އަހަރު ފުޓް ބޯޅާ ކުޅުނިން؟ ކޮބާ ލިބުނު ކާމިޔާބީ ތަކަކީ؟

"ގާތްގަނޑަކަށް ސެވަން އިޔާސް އުޅުނިން. ފުޓުބޯޅައިގައި ފުރަތަމަ އީގަލްސް އަށް ދިއުން ޑްރީމަކަށް އިނީ. ވަރަށް ވަރުގަދަ ކުޅުންތެރިން އުފެދޭ ޓީމެއް ކަންނޭނގެ އެއީ. އީގަލްސް އިން ބޭބެވެސް ނުކުމެފައި ހުރީ. އޮއިއްޓޭ. އޭނާއަށް ވަރަށް ބޮޑަށް ފޮލޯ ކޮށްގެން ސްކޫލުގައި އުޅުނު އިރުވެސް. ހަމަ ފުޓުބޯޅައޭ ކުޅޭނީ ހިތަށް އަރާ. ވަރަށް ފެމިލީގައިވެސް ގޭގައިވެސް ވަރަށް ފުޓުބޯޅަ. ފުރަތަމަ އީގަލްސް އިން ދެން އެއިމް އަކަށްވީ ގައުމުގައި އޮތް ބޮޑު ކުލަބަކަށް ކުޅެން. އޭތި ޑްރީމް އަކަށްވީ. އޭގެ އެޕްރޯޗަކަށް ސީދާ ކުޑަ މޫސަ އަދި ރިލޭޓިވްސް އިންވެސް ކައިރީގައި ހަމަ ހުރި އޭރު. ވަރަށް އުފާވި ދުވަހެއް އެއީ. ދެން ނިއުރޭޑިއަންޓް، ވެލެންސިއާ ދެން ގޮސް އައިއެފްސީ ދެން ކުޅުނިން ސެކަންޑް ޑިވިޝަން."

"ފުޓުބޯޅަ އަދިވެސް ކުޅޭ ހިތްވޭ، ވަގުތު ހުންނަނަމަ ދާނަން. އެކަހަލަ ބޮޑެތި ކްލަބްސްތަކަށް ކުޅުން ޓާގެޓަކަށްވީ. ރަނގަޅު ޕާފޯމެންސް ދީގެން ކޯޗުންގެ ލެވެލްގައި ބަލައިގަނެ. ހެޕީ ހަމަ ފުޓުބޯޅަ"

އެހާ ވަރަށް ފުޓުބޯޅަ އެންޖޯއީ ކުރާއިރު ކީއްވެ ހުއްޓާލާފައި މުޅިން އެހެން ދިމާލަކަށް މިދިޔައީ؟ ކާމިޔާބީތަކެއް ނުލިބިގެން އެކަމާ އަނެއްކާ މުޅިން މާޔޫސްވެގެން ބާ މި ކެރިއާ ބޮޑު ބަދަލެއް ގެނަންނަން މި ޖެހުނީ؟

"އަސްލު ރާއްޖޭގައި އެންމެން ފުޓްބޯޅައަށް ހުސްވާކަށް އަޅުގަނޑަށް ނުވިސްނޭ. ފުޓުބޯޅަ އަށް ވިސްނާ ލެވަލްގައިވެސް އިނދޭ އެކްސްޓްރީމް ތިންކިން އެއް. މިސާލަކަށް މޮޅު ކުޅުންތެރިއެއް މިސާލަކަށް އެއްގާ ކަހަލަ މީހަކު އަރާލީމަ އެމީހަކު އެ ޕާފޯމްކުރާ ލެވަލްގައި ޕާފޯމްކުރަން ބޭނުންވަނީ. ބޭނުންވާތާގައި އަސްލު އެހާ ބޮޑު އޮޕޮޗުނިޓީސް އެއް ނެތް ފުޓު ބޯޅައިގައި މިހާ ގިނަ ދުވަސްވީ އިރު. އޭތީގެ ލެވަލްސް ތަކުގައި އޭތި ގެންދަން ޖެހޭ ހިސާބަކަށް އަދިވެސް ނުދޭ އޭތި."

"ފުޓުބޯޅަ ކުޅެމުން ޑައިވްކުރަން ފެށީ. ޑައިވްކޮށްގެން ދެން ވަރަށް މޫދު ލައިފެއް ފެށުނީ. ފުޓުބޯޅަ ކުޅެމުން ޑައިވް ކޯސްވެސް ހަދަން ފަށައިފިން. އޯޕެން ވޯޓާއިން ފެށިގެން ޑައިވް މާސްޓާއާ ހަމައަށް. ދެން ސްޓެޕްސް ނަގަން ފެށީ ފްރީލާންސް ކޮށް ވީކްލީ އެކަހަލަ ޓްރިޕްސްތައް ގޮއްސަ އެހެން އުޅެމުން ޖޮބެއް ގޮތަށް ޓޫ އިޔާސްވަރު އުޅެފައި ވަރަށް މޫދު ލައިފަކަށްވީ. ދޭތެރެއަކުން ފުޓުބޯޅަ ކުޅެލާ އެކަހަލަ ގޮތަކަށް އައިސް އެއްކޮށް ބަދަލުވެފައި ވިލިނގިލީގައި ވޯޓާ ސްޕޯޓްސް އަށް ބަދަލުވީ."

މޫދު ކުޅިވަރު ދިވެހިން ބަލައިގަންނަނީ ކިހާވަރަކަށް؟ އެ ކުޅިވަރުތަކަށް މި ދެވޭ ދަރަޖަ ކިހާ ވަރަކަށް ބަދަލުވެއްޖެ ކަމަށް ގަބޫލު ކުރަނީ؟ ފުޓްބޯޅައަށް ދެވޭ ދަރަޖަ މި ވޯޓާ ސްޕޯޓްސްއަށް ދޭ ދުވަހެއް އަތުވެދާނެ ކަމަށް އުންމީދު ކުރަންތަ؟

މޫދު ކުޅިވަރު އެބަ ޖެހޭ އަސްލު ބަލައިގަންނަން. ދިވެހިންނަކީ އަސްލު 90 ޕަސަންޓު މޫދުގައި ކަންނޭނގެ މިއިންނަނީ. ލައިފްސްޓައިލް، ޕޭރެންޓުންވެސް އަސްލު ބިލީވްކުރަން ޖެހޭ މޫދުން ލިބިގެން ކައިގެން ބޮއެގެން އުޅެފައި އެ ކުޅިވަރަކަށްވެސް ވެގެން މިއައި ހިސާބުން ރަނގަޅު އެތުލީޓްސް އިންތަކެއް އެބަ ތައްޔާރުކުރަން.

އެންމެ ކައިރިން ބަލަންޏާ ސާފިން ކުރާ ވަރަށް ރަނގަޅު ކުދިން އެބަތިބި. އެކުދިން އެކަންޏެއް ނޫން، ބްލެކް ބޯޑިން، ވޯޓާ ސްކީއިން އެކަހަލަ ހުރިހާ ކަމެއްގައި ފުލް ސަޕޯޓު ދޭނަމަ ވަރަށް ތަފާތު ކުދިން އެބަތިބި. ހާއްސަކޮށް އެކުދިންކޮޅު ގޮވައިގެން ބަޔަކު ފުލް ސަޕޯޓް ދީގެން އެކުދިން ބޭރަށް ފޮނުވާ ނަމަވެސް ވަރަށް ދިވެހި ރާއްޖޭގައި ނަން ރީތިވާނެހެން ހީވަނީ. ފްލައިބޯޑިންވެސް ތިން އަހަރު ތެރޭގައި ވަނަ އެއްވެސް ލިބިފައި ކަންނޭނގެ ވަނީ. ޕާފޯމްކުރަން އަދިވެސް އިތުރު ފުރުސަތު ހޯދައިދީފިއްޔާއަދިވެސް ރަނގަޅު ޕާފޯމެންސްތަކެއް ދެއްކި ނަތީޖާތަކެއް އަންނާނެ،"

ފްލައި ބޯޑިން އަށް ކިހާ ވަރަކަށް ސަޕޯޓް ލިބޭ އާންމުންގެ ފަރާތުން؟ މީހުން އެއާ ދޭތެރޭ ލިބޭ ތަރުހީބު ހިތްހަމަ ޖެހޭތަ؟ ފެށި އިރާ މިހާރާ މި އޮތް ތަފާތަކީ ކޮބާ؟

ލިބޭ އަސްލު ސަޕޯޓް. އަދި އެވެއާނެސް މިދަނީ. ދާއިރު އެބަ ތިބި ބައެއް ގައުމުތަކުގެ ބައެއް އޭރިއާތައް ފްލައި ބޯޑު ނުވެސް ފެންނަ. މުޅި ދުނިޔެއަކަށް އަދި ނުފެނެ. އެކަމަކު ފެންނަ ކޮންމެތާކުން އޭގެ ފަން އެބަ ނަގާ. ވަރަށް އެކްސްޓްރީމް ލެވަލްގައިވެސް. އޭގެ ނަތީޖާއެއް ކަންނޭނގެ އެކި ގައުމުތަކުގައި މިހާރު އެބާއްވާ ޓޯނަމެންޓްސް. ވިސްނުމުގައި އޮތީ ވަރަށް އަވަހަށް ރާއްޖޭގައިވެސް ޓޯނަމެންޓެއް ހިނގާނެ"

އިއްބަޑޭ ފްލައި ބޯޑް ކުރަން ފެށި ހިސާބުން ކަންނޭނގެ މީތި ފެންނަން ފެށީ. ގަބޫލު ކުރަންތަ ފްލައި ބޯޑަށް މި ނުކުންނަ މީހުންގެ އިންސްޕިރޭޝަނަކީ ތިއީ ކަމަށް؟

އަސްލު ޑިސިޕްލިން އޭ މި ބުނަނީ ފަރުވާތެރިކަމާއެކު ކުރުސން، އެއީ ޓްރޭނިން ލެވަލްގައިވެސް މެކްސިމަމް ޕާފޯމް އަމިއްލަ ނަފްސަށް ބިލީވް ކުރެވެން ޖެހޭނެ އެމީހާއަށް ޓާގެޓްސްތަކެއް އެޗީވް ކުރެވުނުކަން، އެކްސްޓްރީމް ސްޕޯޓްސްތަކުގައި ހުންނާނެ ޑިފެރެންޓްސް. ޓްރިކްސް ހަދަންޏާވެސް އެ ޓްރިކްސް އަނެއް މީހާއަށްވުރެ ނުކުރެވޭ ލެވަލް އެއްގައި ޑިސިޕްލިންކޮށްފިއްޔާ ބަލަން ހުންނަ މީހުންނަށް އިޓްސް ޕާފެކްޓްއޭ ބުނެވޭނެ.

"ދެން ޕަބްލިކްގައި މީހާގެ ގައިން އާންމުކޮށް މިއުޅޭ މީހުންކުރާ ހަޑިކަންތައް އަމިއްލަ ގައިން ކަނޑުވަލީމަ ރަނގަޅުވާނެ. ޕަބްލިކް ބަލައިގަންނާނެ، އެކަމަކު ނުޖެހޭ އެންމެ ޕާފެކްޓްވާކަށް. ހަމައިން ނުނައްޓަންޏާ އޯކޭ."

އަނެއްކާވެސް ފްލައިބޯޑުން ހިނގާ ދުރަށްދާން. ކިހިނެއް ޕާސަނަލް ލައިފް ކަންކަން ރާވާފައި އޮންނަނީ؟ ވަރަށް ބިޒީކޮށް މުޅި ލައިފް ވެސް ތި އޮންނަނީ؟

" މެރީޑް ލައިފެއް، ކުއްޖަކު އަދި ނެތް. އަނެއްހެން ވަރަށް އެންޖޮއިބަލް ވަރަށް ކާމް ލައިފެއް. އަބަދުވެސް ލިވް ކުރަން ބޭނުންވާ ކަހަލަ ލައިފެއް."

ވޯޓާ ސްޕޯޓްސް އަކީ ލައިފް ސްޓައިލެއް. ދިރިއުޅުމުގެ އެއްބައި. ޑެސްކު ޖޮބަކާއި ވަރަށް ތަފާތު ކަމެއް. އެއްވެސް ވަރަކަށް ޕާސަނަލް ލައިފާއި ތި ލައިފާ ބެލެންސް ކުރަން؟

"އަނެއްހެން ބައެއް ދާއިރާތަކުގައި އުޅުމަކީ ފެމެލީ އާ ދުރުގައި އުޅެން. އެހާގިނަ ދުވަހު ދުރުގައި އުޅެންވީމަ އަނެއްހެން ކަންތައްތަކެއް އަންނާނެ. މިސާލަކަށް ހޯމް މި އިންނަނީ ވަކި ތަނަކު، ލިވް ކުރަން މިޖެހެނީ ވަކި ތަނަކު. އެމައްސަލަ އައި ސަފާރީގައި ގިނަ ދުވަހު އުޅެން ދިމާކޮށްފައި ހުރި އިރު"

" ކުރިއެރުމަށް ބަލަންޏާ އަމިއްލަ މަސައްކަތެއް ފައްޓަންވިޔަސް މާލޭގައި ފަށަން މިޖެހެނީ ހޯމް މާލޭގައި އިންނާތީ. ދެން އޭތި މަޑުމަޑުން އެޖަސްޓުވެފައި ހުރީމަ މިހާރު އޯކޭ. އަމިއްލަ މަސައްކަތެއް ކުރެވޭތީ. ކުރަން ބޭނުންވާ ކަން ކުރަން ބޭނުންވާ ގޮތަށް. މިހާރަކު އެއްވެސް ކަހަލަ އުނދަގުލެއް ނެތް."

ވޯޓާ ސްޕޯޓްސް އަކީ އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެކޭ ބުނެވިދާނެތަ؟

" ލިބޭ ވަރަށް ރަނގަޅު އާމްދަނީ އެއް. މިކަމަކަށް އެއްވެސް ޖެހިލުމެއްވާނެ ކަމެއް ނެތް. އެމީހުންގެ ކެރިއާ ބިލްޑު ކުރެވޭނެ ވިންޑުސާފިން ކިޔާނެ ކަމެއް ނެތް ކަޓަމަރާން، ކެރިއާ ބިލްޑްކުރެވޭނެ ބައިވަރު ސްޕޯޓްސްތަކެއް އެބަހުރި. ޖެހިލުންވާނެ ކަމެއް ނެތް، އަބަދަކު ވޯޓާ ސްޕޯޓްސް މީހަކަށް ވާކަށްވެސް ނުޖެހޭނެ. އޮފީސް ޖޮބްސްވެސް އަދާކުރެވޭނެ ވަގުތުތަކާއި ހާލަތްތަކާއި ދާނެ. އެމީހެއް އޭތި ބިލްޑްކުރާ ހިސާބަށް އަރާފައި އެކްސްޕީރިއަންސް ކޮށްފައި ރަނގަޅު ފީލްއެއް އަންނާނީ. ޖޮބެއްގެ ގޮތަށް ބަލައިގެން ކުރަން ވިޔަސް އަމިއްލަ މަސައްކަތެއްގެ ގޮތުގައި ކުރަން ބެލިއަސް ވަރަށް ރަނގަޅު ފިއުޗާއެއް. ބޭރުންވެސް އެބަލިބޭ އޮޕޮޗުނިޓީސް، އެކަމަކު މިވަގުތު ރާއްޖޭގައި ޕްރޮމޯޓްކުރަން ބޭނުންވަނީ"

ރާއްޖޭގައި ކިހިނެއް މީތި ޕްރޮމޯޓްކުރަން ވިސްނާފައި ތިހުރީ. ނިކަން އޭގެ ތަފްސީލް ކުޑަކޮށް ކިޔާލަ ދީބަލަ؟

"މިހާރު ވިސްނާފައި މިހުރީ އަސްލު ރިސޯޓް ލައިފްގައި މިހާރު މިކުރަނީ. ދެން ޕަބްލިކަށް ބަލައިފިއްޔާ ވޯޓާ ސްޕޯޓްސް މި އިންނަނީ ވިލިނގިލީގައި. އަނެއްހެން މާ ދުރެއް ނޫން، ޕަބްލިކުން ހަމަ ހަފްތާއަކު ކޮންމެ ދުވަހަކުވެސް އައިއްސަ ޖޮއިން ކުރެވޭނެ. 09:00 ފެށިގެން އިރުއޮއްސި 05:30 ނޫނީ 06:00 އަށް ލިކުއިޑް ވޯޓާ ސްޕޯޓްސް ހުޅުވާލާފައި އިންނާނީ. ދެން ކޯސްތައް މިހާރު ގިނައިން އިންނާނީ ރިސޯޓްތަކުގައި. ދެން ސަފާރީންވެސް ވަރަށް ތަރުހީބު ލިބޭ. ސަފާރީގައި ހަމަ ޓްރިޕްސްތައްވެސް އާދޭ. އިންކަމް އަށް ވަރަށް ރަނގަޅު ޖޮބްއެއް"

އިއްބަޑޭގެ ސްޓައިލަށް ބަލާއިރު ވަރަށް ތަފާތު އަމިއްލަ ސްޓައިލެއް މި އިންނަނީ ބޮލުގެ އިސްތަށިގަނޑުވެސް ތަފާތުގޮތަކަށް. އެކަމަކު މި ސޮސައިޓީގައި އެބައުޅޭ ކަންނޭނގެ ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ހުރީމަ ވަރަށް ނުބައި، ގޯސް ވިޔާނުދާ ބައެކޭ. އެހެންވީމަ ތިކަހަލަ ލައިފްސްޓައިލެއް ގެންގުޅޭ މީހެއްގެ އޮޕީނިއަން އަކީ ކޮބާ؟

"އިސްތަށިގަނޑު ދިގުވުމަކީ އެއްގޮތަކަށްވެސް ނުބުނާނަން ނުބައި ބައެކޭ، ހަޑި ސިފައެކޭވެސް. އެއީ އެމީހެއްގެ ޕާސަނަލް ލައިފްގައި ޕާސަނަލް ގޮތަކަށް ނުކުނަން ބޭނުންވަންޏާ އެމީހެއްގެ އަމިއްލަ ސްޓައިލެއް ނޫނީ އަމިއްލަ ކަންތައްތަކެއް ހުންނާނެ ކޮންމެ މީހެއްގެ ގައިގައިވެސް. ދެން އޭގައި އަޅުގަނޑު ބުނާނީ މިނިސްޓާ ލެވަލްގައި ޕްރެޒިޑެންޓްސް ލެވެލްގައި، ހުރިހާ ލެވަލްއެއްގައިވެސް އެމީހެއްގެ އަމިއްލަ ސްޓައިލް އިންނާނެ. އެހެން ވީމަ ބޮލަކީ ބަޔަކު ދެކޭ ގޮތުގައި ހަޑިކަމެއް ދިގުކުރީމަ، އަނެއް ބަޔަކު ދެކެނީ ހަޑިކަމެއް ނޫން ގޮތުގައި. "

ވޯޓާ ސްޕޯޓްސްގައި މިހާ ހިސާބަށް އައި އިރު ޑިސިޕްލިން ކިހާ ވަރެއްގެ ދައުރެއް އަދާކުރާ އެއްޗެއް ކަމަށް އިއްބަޑޭ ގަބޫލުކުރަނީ؟

އަސްލު ޑިސިޕްލިން އޭ މި ބުނަނީ ފަރުވާތެރިކަމާއެކު ކުރުން، އެއީ ޓްރޭނިން ލެވަލްގައިވެސް މެކްސިމަމް ޕާފޯމް އަމިއްލަ ނަފްސަށް ބިލީވް ކުރެވެން ޖެހޭނެ އެމީހާއަށް ޓާގެޓްސްތަކެއް އެޗީވް ކުރެވުނުކަން، އެކްސްޓްރީމް ސްޕޯޓްސްތަކުގައި ހުންނާނެ ޑިފެރެންޓްސް. ޓްރިކްސް ހަދަންޏާވެސް އެ ޓްރިކްސް އަނެއް މީހާއަށްވުރެ ނުކުރެވޭ ލެވަލް އެއްގައި ޑިސިޕްލިންކޮށްފިއްޔާ ބަލަން ހުންނަ މީހުންނަށް އިޓްސް ޕާފެކްޓްއޭ ބުނެވޭނެ.

"ދެން ޕަބްލިކްގައި މީހާގެ ގައިން އާންމުކޮށް މިއުޅޭ މީހުންކުރާ ހަޑިކަންތައް އަމިއްލަ ގައިން ކަނޑުވަލީމަ ރަނގަޅުވާނެ. ޕަބްލިކް ބަލައިގަންނާނެ، އެކަމަކު ނުޖެހޭ އެންމެ ޕާފެކްޓްވާކަށް. ހަމައިން ނުނައްޓަންޏާ އޯކޭ."

ފްލައިބޯޑް މީހުންނަށް ބުނެދީ ހެދުމަށް ކޮންކަމެއް ކޮށްދެނީ؟ އޭގެ އެއްވެސް މަސައްކަތެއް އެބަކުރެވޭތަ؟

"އެންމެ ފުރަތަމަ މީގެ ސެޓްފިކޭޝަން ލެވެލްއަށް އަމިއްލަ މީހާ އައުން. އިންސްޓްރަކްޓާ ލެވެލްއަށް ދިވެހި ރާއްޖޭގައި ރެޕްރެޒެންޓްކުރާ ޒަޕަޓާރިއަސް އިން ރިޕްރެޒެންޓްކުރާ މާސްޓާ އިންސްޓްރަކްޓާއަކަށް ފުރަތަމަވީ އެކަކަށްވާނެ އަޅުގަނޑު. އޭތި ކިޔަވައިދިނުމުގައި އެއް ފޯސް މިހާރު އެބަދޭ ރިސޯޓްސްތަކުގައިވެސް އަދި ވަކިވަކި ކުދިންނަށްވެސް."

މިހާ ހިސާބަށް އައިއިރު ޝުކުރުގެ ލިސްޓެއްވެސް އޮންނާނެ. ކޮން ބަޔަކަށް ޝުކުރު އަދާކުރާނީ؟ ކޮބާ އެންމެ މުހިންމު ރޯލެއް އަދާކުރި މީހުންނަކީ؟

"ވައިފް އާއި އަޅުގަނޑުގެ ފެމެލީ އަދި ހާއްސަކޮށް އަލިބެ އާއި ލިކުއިޑް ވޯޓާ ސްޕޯޓްސްގެ ހުރިހާ ސްޓާފުންނާއި އޭގެތެރެއަށް ސަމާ އެއީ އަޅުގަނޑުގެ ރައިޓް ހޭންޑްކަމަށް ބިލީވް ކުރާ، މިކަމުގައި ކުރިއަށްދާން އެންމެ ބާރުއަޅާ އެކަކު. ދެން ގޮސް އާންމުކޮށް ވޯޓާ ސްޕޯޓްސް ދާއިރާގައި މިއުޅޭ އެންމެންގެ ސަޕޯޓްލިބޭ. އެކުވެރިން، އާއިލާ ދެން ވަރަށް ދިގު ލިސްޓެއް މިހެން ނަން ކިޔަންޏާ.

މަޑުމަޑުން ޑްރީމްތައް ހާސިލް ކުރަމުން އައިސް ކޮބައިބާ ނެކްސްޓް ޑްރީމަކީ ނޫނީ ސްޓެޕަކީ؟

"މިހާރު ދެން ދުނިޔޭގައި އެންމެ މަޝްހޫރު އެއްޗަކީ ޒަޕަޓާރިއަސް އެއާ. އެއީ މުޅިން ތަފާތު ކޮންސެޕްޓެއްގެ އެއްޗެއް. އެއްވެސް ކަހަލަ ޖެޓްސްކީއެއް ކަހަލަ އެއްޗެއްގެ އެހީއެއް ބޭނުމެއް ނުވާނެ. އޭތީގެ އެއާ ރޭސް އަކަށް ފުރަތަމަ ނަގާ ދިވެހި ރައިޑާސް ތެރޭގައި ހިމެނުން އެންމެ ބޮޑު ޓާގެޓަކީ."

ދެން މުޅިން އެހެން ދިމާލަކަށް ޖެހިލަން ހިނގާ. ރިލޭޝަންޝިޕާ ދިމާލަށް. ތީ ވަރަށް ބިޓިން މީހެކޭ ބުނެވިދާނެތަ؟

"މިއީ ރިލޭޝަންޝިޕްގައި އޭސް އަ ހަޒްބަންޑް ވަރަށް ޓްރުތްފުލް ލައިފެއް އުޅޭ މީހެއް. މެރިޑް ލައިފެއްކަން ދަނެގެން އޭއްޗަށް ރެސްޕެކްޓްކޮށްގެން."

އާންމުކޮށް ދިވެހިންނަށް އާންމުކޮށް ގިނަ ފިރިހެނުންނަށް ވަރަށް އުނދަގޫ ކަންނޭނގެ ތިހާ ލޯޔަލްކޮށް އުޅެން. އެއީ ކިހިނެއްތަ ގަބޫލުކުރަނީތަ އެވެސް ޑިސިޕްލިންގެ ބައެއް ކަމަށް؟

"އޭތި އަސްލު ގަބޫލުކުރަން ޖެހޭނެ ޕްރޮފެޝަނަލް ލެވެލްއެއްގައި އޭގައި ގިނަ ދުވަހެއްގައި ރެޕްރެޒެންޓް ކުރަން އެބަޖެހޭ އަމިއްލަ ލައިފް ސްޓޭބަލްކޮށް ބަހައްޓަން. އޭގެ މާނަ އަކީ އަމިއްލަ ލައިފް އުޅޭ މީހާ އާއެކު ވަރަށް ރަނގަޅަށް ޝެއާކުރަން. ޑިސްކަސް ކުރެވިގެން ހުރިހާ ކަމެއްވެސް ދާން ޖެހެނީ. އެގޮތް ބިލީވްކުރަން."

ދުވަހަކުވެސް ޑްރީމް ކުރިންތަ މިހެން ފްލައި ކުރަން؟

"ކުޑައިރު ތަންޑާކެޓްސް ބަލާ އުޅުނިން. އޭގައި އުޅޭނެ ވައިލްޑް ކިޓެންސް ތަކެއް. އެއީ އިއްބަޑޭ ވަރަށް ފެވަރިޓް ކާޓޫނެއް. މިބުނާ ކުދިކުދި ކިޓެންސްތައް އުދުހޭއިރު އެ ވޯޑް އެއީ ޓާގެޓެއް. އެހެން އުޅެނިކޮށް މި ފްލައިބޯޑާ އެއްޗެހި އެއްޗެހި އައިސްގެން ފްލައި ކުރާނެ ޕޮސިބިލިޓީ ލިބުނީމަ ވައި ނޮޓް. ރެޑީ ޓުގޯ. ތަންޑަކެޓްސް ހިސާބުން އައިއްސަ މިއިނީ. އެހިސާބުން އިނދޭ ފްލައިއެއް ކޮންމެސް ލެވަލް އެއްގައި."

ކޮބާ ޕަބްލިކަށް ދޭން ބޭނުންވާ މެސެޖަކީ؟

"ޔޫތަށް ދޭން ބުނެލަން ބޭނުންވަނީ ކުރަން ދިމާކުރާ އެކްސްޓްރީމް އަދި ކުޅިވަރުތައް ގިވްއަޕް ނުކުރައްޗޭ. އޭގައި އަންނާނޭ އަޕްސް އެންޑް ޑައުންސްތައް ފޭސް ކުރަންޖެހޭ ހާލަތްތައް، ހަމަ ހިނި އަންނަ ކަންތައްތައްވެސް ރުޅި އަންނަ ކަންތައްތައްވެސް ހުންނާނެ. އޭގެން އެއްވެސް ކަމަކަށް ގިވްއަޕް ކުރާނެ ކަމެއް ނެތޭ. ޓާގެޓަށް ރީޗް ވަންދެން ހަމަ ދާށޭ."

ދެން ނިންމާލުމުގެ ކުރިން ތި އިސްތަށިގަނޑާ ބެހޭގޮތުން އެއްޗެއް ބުނެލަންވާނެ. އަބަދުވެސް ތިހާ ދިގުކޮށްތަ އޮންނަނީ؟

"އިސްތަށިގަނޑު އަބަދުވެސް ދިގުކުރަމުން އައީ. ދިގުކުރަންފެށި ގޮތަށް އަދި ނުއެއް ކޮށަން. ގާތްގަނޑަކަށް ވެދާނެ 17 ވަރަކަށް އަހަރު. ޑްރެޑްލޮކްސްތައްވެސް އަމިއްލައަށް މި މެއިންޓެއިން ކުރަނީ. ސެލޫން އަކުން ނޫން."

  • ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ސީ ސްޕޯޓްސް / ޒަޕަޓޭރިއަސް
  • ވީޑިއޯ: މުހައްމަދު އަޒާން
  • ވީޑިއޯ އެޑިޓިން: މުހައްމަދު ފަޒީލް