މާރާމާރީ ހިންގުން

މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހޯދަން ފަށައިފި

Jul 14, 2016

މިދިއަ މަހު މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހޯދަން އިއުލާން ކޮށްފި އެވެ. ފޮޓޯ އާންމުކޮށް ހޯދަމުން ދަނީ ގ. ވަޑިނޮޅުގެ، މުޙައްމަދު ޝިމާހު ރަޝީދު 19، އާއި ގދ. ފަރެސްމާތޮޑާ، ފަރެސް އަވަށް. ސަމަން، ޞަދޫއު ސާމިއު 19، އެވެ.

ފުލުހުން ބުނީ އެމީހުން ހޯދަނީ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މާރާމާރީގެ މައްސަލައަކާއި ގުޅިގެން ކަމަށާއި އެއީ މިދިއަ މަހުގެ 14 ވަނަ ދުވަހު ޖަނަވަރީ މަގުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ތުހުމަތުވާ ދެ މީހުން ކަމަށެވެ.

އެ ދެމީހުންނާ ބެހޭ މައުލޫމާތު ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.