ހަބަރު

ރިލްވާން ވަކިކޮށް، ދިރާގުގެ ޗެއާމަނަކަށް އަޝްމަލީ

Feb 17, 2015
1

ދިރާގު ބޯޑްގެ ޗެއާމަންކަމުން، ރިލްވާން ޝަރީފް މިއަދު ވަކިކޮށް އެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ މުހައްމަދު އަޝްމަލީ ހަމަޖައްސައިފި އެވެ.

ރިލްވާން މިރޭ، "އަވަސް" އަށް ވިދާޅުވީ މަގާމުން ވަކިކުރިކަން މިއަދު އަންގާގައި ވަނީ ފޯނުން ގުޅުމަށް ފަހު ކަމަށެވެ. ނަމަވެސް އަދި އެކަމުގެ ލިޔުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ، އެ މަގާމަށް މިހާރު ހަމަޖައްސަވާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ ކަމަށެވެ. އޭނާ އަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ސްޓެސްޓިކަލް ބިޔުރޯގެ ޗެއާމަނެވެ. އަދި އެންސީއައިޓީ އާއި ޑީއެންއާރު ވެސް ހިންގަމުން ގެންދެވީ އެ ބިޔުރޯގެ ދަށުންނެވެ.

ވިލާ އެއާގެ އެމްޑީގެ މަގާމު ފުރުއްވާ ރިލްވާން ދިރާގުގެ ބޯޑަށް ހަމަޖައްސާފައި ވަނީ، ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.