ވިޔަފާރި

މޯލްޑިވިއަންގެ އަށްވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

Jul 16, 2016
1

މޯލްޑިވިއަން އިން އެ ކުންފުނީގެ އަށްވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފި އެވެ. މި ސީޕްލޭން ގެނެސްފައިވަނީ ކެނެޑާއިންނެވެ.

މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް ފުޅާކުރަން ފެށި މަސައްކަތުގެ ދަށުން ގެނައި އަށްވަނަ ސީޕްލޭންނާއެކު އެ ކުންފުނީގެ ހިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފަ އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވެފައިވާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ސީޕްލޭން 10 އަކަށް އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

"ހިދުމަތް ދުވަހުން ދުވަހަށް މިދަނީ ރަނގަޅު ކުރަމުން، ސީޕްލޭންގެ އަދަދު ވެސް އިތުރު ކުރަމުން،" ނަޝާތު ވިދާޅުވެފައިވެ އެވެ.

މޯލްޑިވިއަން ސީޕްލޭންގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެ ކުންފުނިން ރާއްޖޭގެ ހަ ރިސޯޓަކަށް ޓޫރިސްޓުން އުފުލަމުންދެ އެވެ.