ވިޔަފާރި

ވީބީގެ ވިޔަފާރި ފުޅާކޮށްފި، ފަސް ވަނަ ފިހާރަ ހުޅުމާލޭގައި

Jul 17, 2016

ވީބީ ކުންފުނިން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި އެވެ. މިއީ މާލޭގައި ހުންނަ ވީބީގެ ތިން ފިހާރަ އާއި އައްޑޫގައި ހުންނަ ވީބީގެ ފިހާރާ އާއެކު ހުޅުވުނު ފަސް ވަނަ ފިހާރަ އެވެ.

މިއަދު ހެނދުނު ހުޅުވި މި ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅު މަގުގަ އެވެ. މި ފިހާރައިް ވިޔަފާރިވެރިންނަށް ހޯލްސޭލް ކޮށް މުދާ ދޫކުރާނެ އެވެ.

ވީބީ އިން ބުނީ މި ފިހާރަ ހުޅުވުމުގެ މަގްސަދަކީ ވީބީގެ ފިހާރަތަކުން ލިބޭ ކޮލިޓީ އުފެއްދުންތައް ހުޅުމާލޭގެ ރީޓެއިލް ފިހާރަތައް މެދުވެރިކޮށް އާންމުންނަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި މިފިހާރަ ހުޅުވުމުން ހުޅުމާލޭގައި ރީޓެއިލް މުދާ ވިއްކާ ފަރާތްތަކަށް މާލެ ދަތުރުނުކޮށް ވީބީގެ މުދާ ގަނޑުކޮށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވީބީ ހުޅުމާލެ ފިހާރައިން ލިބޭ ބައެއް އުފެއްދުންތަކުގެ ތެރޭގައި ކެލޮގްސް ސީރިއަލްގެ ބާވަތްތައް، ލޯރިއަލް އަދި ގާނިއާ ބްރޭންޑްގެ ރީތިވާ ސާމާނު، ޖޯންސަން ފަދަ ކުޑަކުދިންގެ ހާއްސަ ބްރޭންޑްތަކުގެ އުފެއްދުންތައް އަދި މޫވަންޕިކް އައިސްކްރީމް ހިމެނެ އެވެ.