ވިޔަފާރި

ލޭމްގެ ބޯޑު އިންތިހާބުކޮށްފި

Jul 22, 2016

ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އަށް އާ ބޯޑެއް އިންތިހާބުކޮށްފި އެވެ.

ލޭމް އިން ރޭ ޗަމްޕާ ހޮޓެލްގައި ބޭއްވި އިންތިހާބީ ޖަލްސާގައި ނާއިބް ރައީސްގެ މަގާމަށް ހޮވާފައިވަނީ ޝައުޝާން ޝަފީގު އެވެ.

ލޭމްގެ ހިންގާ ގަވައިދުގައިވާ ގޮތުން ނާއިބް ރައީސް އިންތިހާބު ކުރާނީ ކޮންމެ ދެ އަހަރުން އެއް އަހަރު އެވެ. ރައީސްގެ މަގާމުގައި މިހާރު ހުންނެވީ ހޭންޑީ ހޯލްޑިންސްގެ ހަސަން ހަލީމް އެވެ. އަދި ޓްރެޒަރާގެ މަގާމުގައި ހުންނެވީ އަހުމަދު އަފްރާހު އެވެ. އަދި ސެކްރެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވީ އިގްނާޒް އަލީ އެވެ.

ލޭމް އިން ބޭއްވި މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

ލޭމްގެ ބޯޑުގެ މެންބަރުން:

  • އަހުމަދު ޒުބައިރު އާދަމް: ބްލޫ ހޮރައިޒަން
  • ހައްވާހަލީފާ: ވޮޔޮޖަސް
  • އިބްރާހިމް ޝާހިދު: ބްލޫކޭ
  • އިސްމާއިލް ހަމީދު: ފްލޯޓިން އޭޝިޔާ
  • ޝަންމޫން ޝަރީފް: މެރިޓައިމް އެކެޑަމީ
  • އަހުމަދު ވިޝާން: ހޭ މޯލްޑިވްސް
  • އަހުމަދު އިބްރާހިމް: ނޫރާނީ ޓްރެވަލް
  • މޫސާ ރަޝީދު: ވިޒްޓާ

ލޭމްއިން ބޭއްވި މި އިވެންޓަކީ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެކެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް އަދާކުރާ ސަފާރީ އޮޮޕަރޭޓަރުންގެ ޖަމިއްޔާއިން ދަނީ ސަފާރީތަކަށް ބަނދަރެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.