ހަބަރު

މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާވެއްޖެ

Jul 24, 2016
1

މާލޭގައި މިއަދު ހިނގި މާރާމާރީއެއް ހުއްޓުވަން މަސައްކަތްކުރި ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަން ހާއިރު މާފަންނު ބްލޫކިޔާ މަގު، ސްޓާލިންގް ފްލާވާ ކައިރީގައި ހިނގި މާރާމާރީއެއް ހުއްޓުވަން މަސައްކަތް ކުރި ފުލުހެއްގެ އަތަށް އަނިޔާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މި މާރާމާރީގައި ފުލުސް މީހާގެ އިތުރުން ތިން މީހަކަށް އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް ޒަހަމެއް ނުލިބެ އެވެ. އެ މާރާމާރީ އަކީ އެ ސަރަހައްދުގެ ޕާކިން ޒޯނެއްގައި ސައިކަލު ޕާކް ކުރުމުގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީ އެކެވެ.

މި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.