ވިޔަފާރި

ލޭމްގެ މެރިން އެކްސްޕޯގެ ޕާޓްނަރަކަށް އެޗްޑީސީ، ޓީވީއެމް

Jul 24, 2016

ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ އޮފިޝަލް އިންވެސްޓް، މޯލްޑިވްސް މެރީން އެކްސްޕޯގެ އޮފިޝަލް ޕާޓްނަރުންގެ ގޮތުގައި ޓީވީއެމް އާއި އެޗްޑީސީ ހަމަޖައްސައިފި އެވެ.

މި އިވެންޓް އިންތިޒާމުކުރަނީ "ބްލަކުން"ނެވެ. އެ ކުންފުނި ބުނި ގޮތުގައި ހުޅުމާލޭގައި ސެޕްޓެމްބަރު މަހުގެ 27-30 އަށް ބާއްވާ މި އިވެންޓުގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ހަރަކާތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. މި އިވެންޓުގައި މެރިން އިންޑަސްޓްރީއަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކުންވެސް ބައިވެރިވެ އެވެ.

ލޭމްގެ މެރިން އެކްސްޕޯ މީގެ ކުރިންވެސް ހުޅުމާލޭގައި ބާއްވާފައިވެ އެވެ. އެފަހަރު ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އަދި އޭގެ ފަހުން މި އިވެންޓް ބާއްވާފައިވަނީ މާލޭގަ އެވެ.