ހަބަރު

އިންޑިޔާ ސަފީރާއި ޑިފެންސް މިނިސްޓަރު ބައްދަލު ކުރައްވައިިފި

Feb 18, 2015

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އިންޑިޔާ ސަފީރު ރަޖީވް ސަހާރޭ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގައި ހެނދުނު އޮތް އެ ބައްދަލު ވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމާއި އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ ކެޕްޓަން އާރް އެސް ސުނިލް ބައިވެރިވެވަޑައިގެންނެވި އެވެ.