ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯގައި ދިރާގުން ހިލޭ ވައިފައި!

Jul 26, 2016
  • ވެކޭޝަންސް އެކްސްޕޯ އޮތީ އަންނަ މަހު
  • ނޭޝަނަލް އާޓް ގެލަރީގައި 4-6 އަށް
  • ފެއާއަށް ގޮސްގެން ގިނަ އިނާމުތަކެއް ލިބޭ

އަންނަ މަހު ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2016" ގެ ކޮމިއުނިކޭޝަން ޕާޓްނަރަކަށް ރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަން ކުންފުނިން ބައިވެރިވެ، ހިލޭ ވައިފައި ދޫކުރަން ނިންމައިފި އެވެ.

ނޭޝަނަލް އާޓްގެލަރީގައި އަންނަ މަހުގެ 4-6 އަށް ބާއްވާ ވެކޭޝަންސް އެކްސްޕޯ ބާއްވާ ހައިރައިޒް އިން ބުނީ ދިރާގަކީ ރާއްޖޭގެ ޓޫރިޒަމަށް ގިނަ ހިދުމަތްތަކެއް ކުރަމުން ގެންދާ ކުންފުންޏެއް ކަމަށެވެ.

"ދިރާގުން ޓޫރިސްޓުންނަށް ފުޅާ ދާއިރާއެއްގައި މޮބައިލް ރޯމިންގެ ހިދުމަތް ދޭ. އިންޓަނެޓާއި ފިކްސް ލައިންގެ ހިދުމަތް ވެސް ފުޅާ ދާއިރާއެއްގައިދޭ،" ހައިރައިޒް އިން ބުނެފައިވެ އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޗުއްޓީ ދަތުރުރާވާ ހިންގާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާ އެވެ. މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފެއާ އެވެ. މި ފެއާގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިންނެވެ. މީގެ އިތުރުން މި ފެއާ އެންޑޯސް ކޮށްފައިވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމް އަދި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އަދި އެމްއެމްޕީއާރްސީއިންނެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ މި ފެއާއަށް ދާ މީހުންނާއި ފެއާގައި ބައިވެރިވާ މީހުންނަށް ދިރާގުން ވައިފައި ދޭނެ ކަމަށެވެ.

"ފެއާއަށް ދާ މީހުންނަށް ބުކިން ޑޮޓްކޮމް ފަދަ ތަންތަން ބަލައިލައި އާ ޑެސްޓިނޭޝަންތައް ބަލައިލަން ބޭނުންވާނެ. އެހެންވެ ވައިފައި އަޅުގަނޑުމެން ފޯރުކޮށްދޭނެ،" އިމްޖާދު ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގެ ބައިވެރިން:

  • އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދު ފޮޓޯގްރަފީ
  • ޕްރައިޒް ޕާޓްނަރު މުސައްފިރީން
  • ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް

ވެކޭޝަންސް އެކްސްޕޯ އިންތިޒާމުކުރާ ހައިރައިސްއިން މި ފެއާ ރާވާފައިވަނީ ފެއާއަށްދާ ގިނަ މީހުންނަށް އިނާމުތަކެއް ލިބޭ ގޮތަށެވެ. މިގޮތުންދޭ އިނާމުތަކުގެ ތެރޭގައި ރިސޯޓު ޗުއްޓީ ދަތުރާއި އުމްރާ ދަތުރު ހިމެނެ އެވެ.