ޖިންސީ ގޯނާ

ބިރު ދައްކައިގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަޔަކު ހައްޔަރުކޮށްފި

Jul 27, 2016

ބިރު ދައްކައިގެން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އދ. ދިގުރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބިރު ދައްކައިގެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމުގައި ދިގުރަށުން ރޭ 21 އަހަރާއި 20 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެ މީހުން ބިރު ދައްކާފައިވަނީ 15 އަހަރުގެ އަންހެން ކުއްޖަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާއަށް ބިރު ދައްކައި، ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާގެ ފޮޓޯތަކެއް ނެގުމަށްފަހު އެ ފޮޓޯތައް ޑިލީޓްކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ކަމަށް ބުނެ މީހުން ނޫޅޭ ގެއަކަށް ގެންދިޔުމަށްފަހު އެވެ.