ވިޔަފާރި

ސަރަހައްދީ ފެންވަރުގެ އެވޯޑެއް މުނީޒާއަށް

Jul 27, 2016
2

އިސްލާމިކް ބޭންކިން ފައިނޭންސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާ ބޭފުޅުންނަށްދޭ ސަރަހައްދީ ފެންވަރުގެ އެވޯޑެއް ޑރ. އައިޝަތު މުނީޒާއަށް ލިބިއްޖެ އެވެ.

މުނީޒާއަށް އެވޯޑް ލިބިފައިވަނީ މިއަދު ބޭއްވި އައިއެފްއެފްއެސްއޭ އެވޯޑް ހަފުލާގަ އެވެ. އެވޯޑަކީ، ސްރީލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓުންދޭ އެވޯޑެކެވެ.

މިއަދު ކޮލަމްބޯގައި ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި މުނީޒާ ބައިވެރިވެލެއްވިއިރު އޭނާ ވަނީ އެވޯޑާ ވެސް ހަވާލުވެލައްވާފަ އެވެ.

މި އެވޯޑަކީ، ގައުމުތަކުގައި އިސްލާމިކް ބޭކިން ފައިނޭންސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާ ވަކިވަކި ފަރުދުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.