ވިޔަފާރި

ވެކޭޝަންސް އެކްސްޕޯ ފެށެން ހަފުތާއެއް: 35 އަށްވުރެ ގިނަ ފަރާތް!

Jul 28, 2016
  • ވެކޭޝަންސް އެކްސްޕޯ ފަށަނީ އަންނަ މަހު
  • ފެއާ އޮންނަނީ ނޭޝަނަލް އާޓްގެލަރީގައި
  • ގިނަ ކުންފުނިތަކުން ބައިވެރިވޭ

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ 2016" ފެށެން މިހާރު މިއޮތީ ހަފުތާއެކެވެ. ފެއާ ހުޅުވުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އޮންނައިރު، ފެއާގައި މިވަނީ 39 ފަރާތެއް ބައިވެރިވެފަ އެވެ.

"ވެކޭޝަންސް އެކްސްޕޯ" ކުރިއަށް ދަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. މި ގޮތުން ހިމެނެނީ ގެސްޓް ހައުސް ޒޯން އާއި އެޑްވެންޗާ ބައެއްގެ އިތުރުން އެކްސްކްލޫސިވް ބޫތް ނުވަތަ ސްޓޯލް ތަކެވެ. މި ގޮތުން ގެސްޓް ހައުސް ޒޯންގައި 10 ގެސްޓް ހައުސްއަކުން މިވަނީ ބައިވެރިވެފަ އެވެ. އަދި އެޑްވެންޗާ ބައިގައި ހިމެނޭ މޫދު ކުޅިވަރާއި ޑައިވް ސެންޓަރުގެ ބައިގައި ފަސް ސެންޓަރަކުން ވަނީ ބައިވެރިވެފަ އެވެ. އަދި އެކްސްކްލޫސިވް ބޫތްގެ ބައިގައި 24 ބޫތެއް ހިމެނެ އެވެ.

ވެކޭޝަންސް އެކްސްޕޯ އޮންނަނީ އަންނަ މަހުގެ 4-6 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ. މި ފެއާގެ މެއިން ސްޕޮންސާއަކީ އިނަ މޯލްޑިވްސް އެވެ. މީގެ އިތުރުން ކޯ-ސްޕޮންސަރުގެ ގޮތުގައި ބައިވެރިވަނީ މޫދު ހޮލިޑޭސް އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުގެ ގޮތުގައި ފަސް ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. މި ފަރާތްތަކަކީ އެމްވީ ހޮޓެލް އާއި އެލައިޑް އިންޝުއަރެންސް އަދި ޓޫރިޒަމް މެލޭޝިޔާ އާއި ކެޗް މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯގެ ޕާޓްނަރުން:

  • މެއިން ސްޕޮންސާ: އިނަ މޯލްޑިވްސް
  • ކޯ-ސްޕޮންސަރު: މޫދު ހޮލިޑޭސް
  • އެސޯސިއޭޓް ސްޕޮންސަރު: އެމްވީ ހޮޓެލް
  • އެސޯސިއޭޓް ސްޕޮންސަރު: އެލައިޑް އިންޝުއަރެންސް
  • އެސޯސިއޭޓް ސްޕޮންސަރު: ޓޫރިޒަމް މެލޭޝިޔާ
  • އެސޯސިއޭޓް ސްޕޮންސަރު: ކެޗް މޯލްޑިވްސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސް ޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • ޕްރައިޒް ޕާޓްނަރު މުސައްފިރީން

ފެއާ އެންޑޯސްކުރި ފަރާތްތައް:

  • އެމްއެމްޕީއާރުސީ
  • މަޓާޓޯ
  • ލޭމް

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މިޑިޔާ ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. ފެއާ އިންތިޒާމު ކުރަނީ ހައިރައިޒްއިންނެވެ.