ހަބަރު

ރައީސަށް ތާއީދު ކުރާ ޒުވާނުން މުޒާހަރާއަށް ނުކުންނަނީ

Feb 19, 2015
1

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއީދު ކުރާ ޒުވާނުން މުޒާހަރާއަށް ނުކުތުމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގޮވާލައްވައިފި އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ ޒުވާނުން މިއަދު ހަވީރު 4:00 އަށް އާޓިފިޝަލް ބީޗަށް ޖަމާވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ތަނަށް އެއްވުމުގެ މަގުސަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޒުވާނުންގެ ކުރި މަގު ބަނަ ކުރަން ފަށާފައިވާ މަސައްކަތްތަކާ ދެކޮޅު ހެދުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.