ހަބަރު

އެޗްޑީސީގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވައިފި

Feb 19, 2015
3

ހުޅުމާލެ ޑިވަލޮޕްކުރާ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މިއަދު، "އަވަސް" އަށް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ، "އަމިއްލަ ސަބަބުތަކަކާ" ހުރެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ސުހެއިލް ވަނީ އެޗްޑީސީގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ ހުށަހަޅާފައި،" ސުހެއިލް ވިދާޅުވި އެވެ.

އޭނާ އިސްތިއުފާ ދެއްވި އިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އިންނެވެ.