ހަބަރު

ނާޒިމްގެ އެޕާޓްމަންޓް ފާސްކުރަން ނެރުނު އަމުރު އިސްތިއުނާފުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެ ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް މިއަދު ހުށަހަޅައިފި އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން ބުނީ ގެ ފާސްކުރުމުގެ އަމުރު ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަމުގައި ކޯޓުން އަދި ޖަވާބެއް ލިބޭނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގައި ކަމަށެވެ.

ފުލުހުން ނާޒިމްގެ އެޕާޓްމަންޓް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ދަންވަރު އެވެ. ފުލުހުން ބުނެފައި ވަނީ ފާސްކުރި އިރު ފިސްތޯލަ އަކާއި ތިން ވަޒަން އަދި ދައުލަތުގެ އިސް ވެރިންނަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާ ކަމަށް ކުރެވޭ ތުހުމަތާ ގުޅޭ ޑޮކިއުމަންޓްތަކެއް ހުރި ޕެންޑްރައިވެއް ވެސް ފެނުނު ކަމަށެވެ.

ސަރުކާރުގެ އިސްވެރިންތަކަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާފައިވާ ކަމަށާއި އެކިފަރާތްތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރާވަމުންދާކަމަށް ނާޒިމްގެ މައްޗަށް ކުރި ތުހުމަތާ އެކު އޭނާ މިނިސްޓަރުކަމުން ވަނީ ވަކިކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން ނާޒިމް ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ ނާޒިމްގެ ބަންދަށް 15 ދުވަސް ދީފަ އެވެ. ބަންދު އިތުރުކުރި މައްސަލަ ވެސް ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.