ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯ: ދަރިފުޅުގެ ޗުއްޓީ ކްރޫޒްލައިނާއެއްގައި ހިލޭކޮށްލެވިދާނެ!

Aug 2, 2016

ވެކޭޝަންސް އެކްސްޕޯގައި ލިބޭ އިނާމުތައް ވެސް ގިނައީ އެވެ. ވެކޭޝަންސް އެކްސްޕޯ އަށް ދާންވީ ވެސް މިހެންވެ އެވެ؛ މި ފަހަރު އިނަ މޯލްޑިވްސް އިން ހުށަހަޅާފައި މިވަނީ ކްރޫޒްލައިނާއެއްގައި ޗުއްޓީ ހޭދަ ކޮށްލެވޭ ތަފާތު ފުރުސަތެވެ. މި ފުރުސަތު ލިބޭނީ ކުޑަކުއްޖަކަށެވެ. އެ ކުއްޖަކަށް ކްރޫޒްލައިނާއެއްގައި ހިލޭ ޗުއްޓީ ހަދައިލެވޭނެ އެވެ. މި އޮތީ ދަރިފުޅު ގޮވައިގެން ޗުއްޓީ ހޭދަ ކުރުމަށް ރަނުގެ ފުރުސަތެކެވެ.

"ކިޑްސް ގޯ ފްރީ" ގެ ނަމުގައި ދޭ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ އަށް ހަދަން ދަރިފުޅު ގެންދިއުމުގެ ފުރުސަތު ލިބޭނީ ކުއްޖާ އަށް އަންނަ ޑިސެމްބަރު 23 ގެ ނިޔަލަށް 18 އަހަރު ނުވާ ނަމަ އެވެ. މި ދަތުރުގައި ބައިވެރިވާ މީހަކަށް ދެ ވައްތަރެއްގެ ކޮޓަރި ހިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ޕެކޭޖުތަކުގެ އަގުތައް އާއްމު ގޮތެއްގައި އުޅެނީ 720 ޑޮލަރާއި 1،612 ޑޮލަރާއި ދެމެދުގަ އެވެ.

"މި [ކިޑްސް ގޯ] ޕްރޮމޯޝަން ނުލައި ދާނަމަ 18 އަހަރު ނުވާ ކުދިންނަށް ވެސް ދެވޭނެ. ނަމަވެސް މި އިނާމު ދިމާވާ މީހަކަށް ހިލޭ ދަރިފުޅު ކްރޫޒްލައިނާ ޓްރިޕްގައި ގެންދެވޭނެ،" އިނަ މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސާ، އިނަ މޯލްޑިވްސް އިން ހުޅުވާލާފައިވާ މި ފުރުސަތުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދެނީ 700 ކޮޓަރީގެ ކޮސްޓާ ކްރޫޒް ނެއޯކްލެސިކާގަ އެވެ. މި ދަތުރު ކުރަނީ ޑިސެމްބަރު މަހުގެ 16-23 އަށެވެ.

މި ކްރޫޒްލައިނާ ދަތުރު ފަށާނީ ރާއްޖެއިންނެވެ. ކްރޫޒްލައިނާ ދަތުރުކުރާނީ ސްރީލަންކާ އާއި އިންޑިޔާގެ ބައެއް ބަނދަރު ތަކަށެވެ.