ޝަރުއީ ދާއިރާ

ހެކީ ގޮތުގައި ނެގި ދަބަހެއް ފޭރުނު މީހަކު 8000 ރުފިޔާ އިން ޖޫރިމަން

އއ. ރަސްދޫގައި ކުރި މުޒާހަރާއެއްގެ ތެރޭ އަތުލައި ހެކީ ގޮތުގައި ފުލުހުން ގެންދިޔަ ދަބަހެއް ފޭރިގަތް މައްސަލާގައި މީހެއްގެ މައްޗަށް ޝަރީއަތް ހިންގައި ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އެމީހާ 8،000ރ. އިން ޖޫރިމަނާކޮށްފި އެވެ. އެ މީހާ ފޭރިގަތް ދަބަހުގައި އޮތީ ހުދު ކުލައިގެ ޖަނގިޔަލެކެވެ.

މި މައްސަލާގައި ޖޫރިމަނާކުރީ ރަސްދޫ، ޑީޑީނައިޓް، އަހުމަދު ކަމާލެވެ. އޭނަާ

ރަސްދޫ ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ސެޕްޓެމްބަރު 25، 2013 ގެ ރޭގަނޑު، އެ ރަށު މެޖިސްޓްރޭޓް ކޯޓްގެ ކުރިމަތީގައި ކުރި މުޒާހަރާއެއްގެ ތެރޭ ކޯޓުގެ ކުރިމައްޗަށް ވާގޮތަށް އެލުވި ހުދުކުލައިގެ ޖަނގިޔަލެއް ފުލުހުން ނަގައި ހެކީގެ ގޮތުގައި ދަބަހަކަށްލައިގެން ގެންދިނިކޮށް ކަމާލު ފުލުހުސް މީހާގެ އަތުން އެ ދަބަސް ފޭރިގަތް ކަމަށް ހެކިންގެ ހެކި ބަހުނާއި މައްސަލާގައި ލިބިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށެވެ.

އެ ދުވަހު ރަސްދޫ މެޖިސްޓްރޭޓް ކޯޓްގެ ކުރިމަތީގައ ޖުޑިޝަރީ އާއި ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑު އުފުލި އެވެ.

މި މައްސަލާގައި ކަމާލުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލިއިރު ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ދަންކަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.