ވިޔަފާރި

ދެވަނަ ކްއާޓާގައި ދައުލަތަށް 3.54 ބިލިއަން ރުފިޔާ!

Aug 2, 2016
1
  • ޑޮލަރުން ލިބުނު އާމްދަނީ ދަށްވި
  • ޖީއެސްޓީގެ ގޮތު 1.5 ބިލިއަން ރުފިޔާ
  • ބީޕީޓީގެ ގޮތު 497 މިލިއަން ރުފިޔާ

ދައުލަތަށް އާމްދަނީގެ ގޮތުގައި މި އަހަރުގެ ދެވަނަ ކްއާޓަރުގައި 3.54 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.54 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މިދިޔަ އަހަރުގެ ދެވަނަ ކްއާޓަރުގައި ބަލައިގެންފައިވަނީ 3.14 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 13 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބަލައިގެންފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ. އަދި ބީޕީޓީގެ ގޮތުގައި މި އަހަރުގެ ދެވަނަ ކްއާޓަރުގައި 497 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 524 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި 311 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 126.55 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބަލައިގެންފައިވަނީ 131 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް ދަށްވުމެކެވެ.