ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސް: ޕާޓްނަރަކަށް މޯލްޑިވް ގޭސް

Aug 4, 2016

ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސްގެ ޕާޓްނަރަކަށް މޯލްޑިވް ގޭސް ހަމަޖައްސައިފި އެވެ.

ގެސްޓް ހައުސް ކޮންފަރެންސް ބާއްވާ ގެޓް އަވޭސް މޯލްޑިވްސް އިން ބުނީ މޯލްޑިވް ގޭސް އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އަކަށް އެ ކުންފުންޏާއެކު އައިސްފައިވާ ކަމަށެވެ.

ގެސްޓް ހައުސް ކޮންފަރެންސަކީ ގެސްޓް ހައުސްތަކަށް މާކެޓް ހޯދައި ދިނުމާއި މި މާކެޓު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ކޮންފަރެންސުގައި 150 ގެސްޓް ހައުސްއަކުން ބައިވެރިވާއިރު، ރާއްޖެ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް މި ކޮންފަރެންސުގައި ބައިވެރިވެ އެވެ. ގެސްޓް ހައުސް ކޮންފަރެންސުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިނެވެ.

ގެސްޓް ހައުސް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 24 ވަނަ ދުވަހު ވިލާ ކޮލެޖުގަ އެވެ.

ގެސްޓް ހައުސް ކޮންފަރެންސް ބާއްވާ ގެޓް އަވޭސްއިން މި ބައްދަލުވުން ބާއްވަނީ 2020 ވަނަ އަހަރުގެ ނިޔަލަށް ގެސްޓް ހައުސް މާކެޓުން ރާއްޖެއަށް 500،000 ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލްވުމަށެވެ.

މޯލްޑިވް ގޭސްއަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ގޭހުގެ ވިޔަފާރި ކުރަމުން ގެންދާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.