އެމްއެންޑީއެފް

އިންޑިއާ އަސްކަރިއްޔާއާއެކު އަރިއަތޮޅުގައި ބޭއްވި މެޑިކަލް ކޭމްޕް ނިންމާލައިފި

Aug 6, 2016

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަރިއަތޮޅުގައި ކުރިއަށްގެންދާ މެޑިކަލް ކޭމްޕަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙްމަދު ޝިޔާމް ވަޑައިގެން މަސައްކަތްތައް ބައްލަވާލައްވައިފި އެވެ. އެ ކޭމް މިއަދު ވަނީ ނިންމާލާފަ އެވެ.

ޑިފެންސް ޗީފް މިއަދު ވަޑައިގެންނެވީ އދ. މާމިގިއްޔަށެވެ. އެ ރަށުގެ ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ކޭމްޕްގައި ތިބި ބަލި މީހުންނާއި އިންޑިއާގެ އަސްކަރިއްޔާގެ ޑޮކްޓަރުންނާއި، މާމިގިލީ ހެލްތު ސެންޓަރުގެ ވެރިންނާ ބައްދަލު ކުރެއްވެވި އިރު އެ ކޭމްޕް ކުރިއަށްދާ ގޮތާއި ބެހޭގޮތުގެ މައުލޫމާތުވެސް ހޯއްދެވި އެވެ.

އަރިއަތޮޅުގެ 11 ރަށެއްގައި ކުރިއަށްގެންދާ މި ކޭމްޕް މިއަދު މާމިގިލީ ކުރިޔަށް ދިޔައިރު މި މަހުގެ ދޭކުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ކޭމްގައި އއ. ތޮއްޑޫ އާއި ރަސްދޫ އާއި މަތިވެރި އާއި އުކުޅަހާއި ހިމަންދޫ އާއި ފެރިދޫ އާއި މާޅޮސް އަދި ބޮޑުފޮޅަދޫގައި ކޭމްޕް ކުރިޔަށް ގެންދިޔަ އެވެ. އަދި އދ. މަހިބަދޫ އާއި ހަންޏާމީދޫ ގައި ވެސް ކުރިޔަށް ގެންދިޔަ އެވެ.