އެމްޑީޕީ

އެމްޑީޕީގެ ސައިކަލް ބުރުގެ 11 ސައިކަލެއް ޓޯކޮށް ލައިންސަންސް ހިފަހައްޓައިފި

Aug 6, 2016
3

މީހުންގެ ހިތްތަތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މާލެތެރޭގައި ދުއްވި ބައެއް ސައިކަލްތައް ހިފަހައްޓައި ޓޯކޮށްފި އެވެ.

ފުލުހުންބުނީ އެ ސައިކަލްތައް ހުއްޓުވައި ޓޯކޮށްފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފަށް އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވައިގެން ކަމަށެވެ. އަދި ބުނީ ޓޯ ކުރި ސައިކަލްތައް ދުއްވި މީހުންގެ ލައިސަންސްވެސް ހިފަހައްޓާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.

މިރޭ އިރާކޮޅު އެމްޑީޕީގެ ހަރުގެ ކައިރިން ފެށިގެން މާލެތެރޭގައި ސައިކަލް ބުރު ޖަހާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ ބައެކެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މާލޭގެ މަގުތަކުގައި ބައެއް ދިމަ ދިމާއިން ބާރަށް ދުއްވި އެ ސަކަލްތައް ދަތުރު ކުރި މަގުތައް ބައްދާލައި ފުލުހުން ވަނީ 11 ސައިކަލެއް ޓޯކޮށް އޭގެ ތެރެއިން މީހަކު ވެސް ހައްޔަރުކޮށްފަ އެވެ.

މި ސައިކަލް ބުރު ޖެހި އިރު ބައެއް މަގުތަކުގައި ޓްރެފިކް ބޮޑުވި އެވެ.