ގެސްޓް ހައުސް ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސްގެ ޕްރިމިއަމް ޕާރޓްނަރަކަށް އެސްޓީއޯ

Aug 8, 2016

މޯލްޑިވްސް ގެޓަވޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖައްސައިފި އެވެ.

މިއަދު އެސްޓީއޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދު އެވެ. މޯލްޑިވްސް ގެޓަވޭޒްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ ޑރ. ހުސެއިން ސަނީ އުމަރު އެވެ.

މި އެއްބަސްވުމުގެ ދަށުން ގެސްޓް ހައުސަސް ކޮންފަރެންސް ކުރިއަށް ދާއިރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ސްޓޯލްއެއް އެތަނުގައި ކުރިއަށްދާނެ އެވެ. އަދި އެތަނުން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ގެސްޓްހައުސް ވިޔަފާރި އާއި ގުޅުންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތު، ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާ ހިއްސާ ކުރާނެ އެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގައި ގެސްޓް ހައުސްތަކާއި ގުޅުންހުރި އުފެއްދުންތައް ކަމަށްވާ ފިލިްޕސް، ހިޓާޗީ އަދި ސެމްސަންގް ޓީވީ، ހިޓާޗީ އޭސީ، ފިލިޕްސް ބަދިގެ ސާމާނު، ނިޕޯން ޕެއިންޓް އަދި މަކިޓާ ޕަވަރ ޓޫލްސް ވެސް ލިބެން ހުރެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ގެސްޓްހައުސަސް ކޮންފަރެންސްގައި މި ދާއިރާގައި މަސައްކަތް ކުރާ 150 ފަރާތަކުން ބައިވެރިވާނެ އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ އެއްދުވަހުގެ މުއްދަތަށެވެ.

ގެސްޓް ހައުސް ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.