އަބްދުﷲ ޖިހާދު

"އެއްބައިވަންތަ ކަމަކީ ސުލްހަ އާއި ތަރައްގީގެ ތަޅުދަނޑި"

Aug 9, 2016
1

އެއްބައިވަންތަކަމަކީ ސުލްޙަވެރިކަމާ ތަރައްގީގެ ތަޅުދަނޑި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔާ މެލަޔޫ ދުނިޔާ އިސްލާމް (ޑީއެމްޑީއައި) ގެ ދިވެހި ޖަމިއްޔާ އިފްތިތާޙް ކުރުމަށް މިއަދު ހަވީރު ބަނޑޮސް އައިލަންޑް ރިސޯޓުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފްލާގައި ނައިބު ރައީސް ޖިހާދު ވިދާޅުވީ، ޑީއެމްޑީއައިގެ ޖަމިއްޔާއެއް ރާއްޖޭގައި ގާއިމުކުރުމުގެ މަގުސަދަކީ ރާއްޖެއާ މެލޭޝިޔާއާ ދޭތެރޭގައި ހުރި އެއްގޮތް ކަންކަން ކުރިއެރުވުން ކަމަށެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެލޭޝިޔާގައި ދިރިއުޅެމުންދާކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ވެދޭ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމެއް ތަރައްގީ ވުމަށް އަމިއްލަ ވިޔަފާރިތަކާ ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓުތަކާ އެންޖީއޯ ތަކުން މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.