މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ރައީސް ދެއްކެވި ވާހަކަފުޅުގައި މައްސަލައެއް ނެތް: ބްރޯޑްކޮމް

"ފަހި 913 ކުޅިވަރު ފެސްޓިވަލް ނިމުމުގެ ރަސްމިއްޔާތު" ގައި ރައީސްލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި މައްސަލައެއް ނެތް ކަމަށައި ހަށިވިއްކުމަށް ހިތްވަރު ލިބޭ ވާހަކަފުޅެއް އެ މަނިކުފާނު ނުދައްކަވާ ކަމަށް މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.

ބްރޯޑްކޮމްއިން އެގޮތަށް ބުނީ ކުޅިވަރު ފެސްޓިވަލް ނިމުމުގެ ރަސްމިއްޔާތު ލައިވް ކުރަމުން ދަނިކޮށް އެފަދަ ވާހަކައެއް ދެއްކެއްވި ކަމަށް ބުނެ އާންމު ފަރާތަކުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.

ބްރޯޑްކޮމްއިން އިން ފާހަގަކޮށްފައިވާ ގޮތުގައި އެ ހަފުލާގައި ރައީސް ބޭނުންފުޅު ކުރެއްވި އިބާރާތް އެ މަނިކުފަނު އެރޭ ބޭނުންފުޅު ކުރެއްވީ އެ ހަފުލާގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ދެއްކެވި ވާހަކަފުޅަށް ރައްދެއް ދެއްވުމަށެވެ.

ބްރޯޑްކޮމްއިން އެ މައްސަލަ ބެލުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީ އެއީ ހަށިވިއްކުމަށް ހިތްވަރު ލިބޭފަދަ ކޮންޓެންޓެއް ނޫން ކަމަށެވެ.

ފަހި 913 ކުޅިވަރު ފެސްޓިވަލް ނިންމުމުގެ ހަފުލާ އޮތީ މިދިޔަ މަހު 20 ވަނަ ދުވަހުގެ ރޭގަ އެވެ.