ގެސްޓް ހައުސް ވިޔަފާރި

ޓޫރިސްޓު ހޮޓާ ހިންގޭނީ 24 ގަޑިއިރުގެ ކަރަންޓާއި ފުލުސް މަރުކަޒު ހުރި ނަމަ: ގަވައިދު

Aug 11, 2016
4

ރާއްޖޭގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގޭނީ ފުލުހުންގެ މަރުކަޒަކާއި 24 ގަޑިއިރު ކަރަންޓާއި ސިއްހީ ހިދުމަތް ހުންނަ ރަށްރަށުގައި ކަމަށް ކަނޑަ އަޅައިފި އެވެ.

ރާއްޖޭގެ ޓޫރިސްޓު ހޮޓާ ތަރައްގީ ކުރުމާއި ހިންގުމުގެ ގަވައިދުގެ 18 ވަނަ މާއްދާ އިސްލާހު ކޮށްފައިވާއިރު ބުނެފައި ވަނީ ރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމުގެ ހުއްދަ ދެޭނީ ސިއްހީ ހިދުމަތާއި 24 ގަޑި އިރުގެ ކަރަންޓާއި ފުލުހުންގެ މަރުކަޒެއް ހުންނަ ރަށްރަށުގައި ކަމަށެވެ.

އަލަށް އެ ގަވައިދަށް ގެނައި ބަދަލާއެކު ހުއްދަ ދީފައިވާ ކޮންމެ ހޮޓަލެއްގައި ވެސް ކަރަންޓާއި ފެނާއި ނަރުދަމާ އާއި ލޭންޑް ލައިން ފޯނާއި ފެކްހާއި އިންޓަނެޓްގެ ހިދުމަތް 24 ގަޑިއިރު ހުންނަން ޖެހެ އެވެ.

މީގެ އިތުރުން ހޮޓަލަށް ބޭނުންވާ އިމަޖެންސީ ކަރަންޓް ދޭންވާނީ އެ ސަރަހައްދެ ޔުޓިލިޓީ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ހުއްދައާއެކު އެނާޖީ އަޮތޯރިޓީން ކަނޑައަޅާ މިންގަނޑާއި މިންވަރަށްވުރެ ދަށް ނުވާ ގޮތަށް ކަމަށް ވެސް ބުނެ އެވެ.