ވިޔަފާރި

އެސްޓީއޯ ހޯލްސޭލް ސެންޓަރު: އެތައް ބްރޭންޑެއް އެއްފުރާޅެއްގެ ދަށުން

Aug 13, 2016
  • ހިތް ފަސޭހަ މާހައުލެއް
  • 20 ގައުމެއްގެ އުފެއްދުން ލިބޭ
  • ބޭނުންވާ އުފެއްދުން ހޯދަން ފަސޭހަ

ހިދުމަތް ހޯދަން އަންނަ މީހާ ހެއްވާލުން މިއީ ވިޔަފާރީގެ އެންމެ މުހިންމު އުކުޅެވެ. އެކަން ވާނީ ވިޔަފާރި ކުރަން ދާ ތަނުގެ މާހައުލުންނެވެ. ވިޔަފާރި ކުރަން އަންނަ މީހާ ވަންނަ ފިހާރައަށް ބަދަލުތަކެއްވެސް ގެނެސްގެންނެވެ. މި ހިތްގައިމުކަން އެސްޓީއޯއިން އަލަށް ހުޅުވި، "ސުޕަމާޓް ސޭލްސް ސެންޓަރު" ގައި ކިތަންމެ ރަނގަޅަކަށް ވެސް އެބަ ހުއްޓެވެ. އެތަނުން މިވަނީ ހިދުމަތް ބަދަލުކޮށްލާފަ އެވެ.

"މިތަން ހަދާފައި މި ވަނީ ހިދުމަތް ހޯދަން އަންނަ މީހަކު މަޑުކޮށްލައިގެން ހިތް ފަސޭހަކަމާއެކު އިނދެލެވޭނެ ގޮތަށް. ބޭނުމަކީ ހިދުމަތް ހޯދަން އަންނަ މީހާ އުފާކޮށްދިނުން،" އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ މެނޭޖަރު އަހުމަދު ރަމީޒް ވިދާޅުވި އެވެ.

އެސްޓީއޯ ސުޕަމާޓް ހޯމް ސޭލް ސެންޓަރު ހުޅުވާފައިވަނީ ސުޕަމާޓްގެ ފުރަގަހުން ކަންމައްޗަކަށް ވާ ގޮތަށެވެ. މި ތަނުން ހިދުމަތް ހޯދަންދާ މީހުންނަށް އެންމެ ފާހަގަވާނީ ފަސޭހަ މާހައުލެވެ. މި ސެންޓަރަށް ވަންނަތަނުގައި ބޮޑު ގޮނޑިއެއް ބަހައްޓާފައި ހުރެ އެވެ. މި ތަނުގައި ފެނާއި ދުފުން އެބަހުއްޓެވެ. ދިވެހިންނަކީ އާއްމުކޮށް ދުފާ ހަދާ ބަޔަކަށްވާތީ މިތަނުގައި އިށީނދެލައިގެން އިންނަ އިރު ދުފާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރެ އެވެ. މިތަނުގައި އެސްޓީއޯއިން އެތެރެކޮށް ވިއްކާ ދުނިޔޭގެ 20 ގައުމެއްގެ 36 މަރުކާއެއްގެ އުފެއްދުންތައް ލިބެން ހުރެ އެވެ. މިތަނުގެ މުދާ ޑިސްޕްލޭކޮށްފައިވާ ގޮތުން ކަސްޓަމަރަށް ފަސޭހަކަމާއެކު ބޭނުންވާ އުފެއްދުމެއް ހިޔާރު ކުރަން ފަސޭހަ ވެއެވެ.

އެގޮތުން މިތަނުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ކައްކާ ތެލާއި ސަންފްލާވާ ތެޔޮ، ބާސްމަތީ ހަނޑޫ އަދި ގެރި ކިރު ތަފާތު ވަައްތަރުގެ ޖޫހާއި ހިކި ކިރުގެ އިތުރުން ޕާސްތާ އާއި ސުޕެގެޓީ އަދި ރައިބީނާގެ އިތުރުން ކޮފީ އާއި ސައިފަތް ހިމެނެ އެވެ. މީގެ އިތުރުން ވެސް ޒަމާން ތަކެއް ވަންދެން ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދައިފައިވާ އެސްޓީއޯ އިން އެތެރެކުރާ ބުރޭންޑްތައް ކަމުގައިވާ ޑެވަންޑޭލް ކިރުގެ އިތުރުން ރޮބަރޓް ލަންޗެން މީޓް އާއި ފްރަގާޓާ އޮލިވްސް އަދި އޮލިވް އޮއިލް ފަދަގިނަ ބާވަތްތަކެއް ހިމެނެ އެވެ.

މިތަނުގައި ލިބެން ހުރި ބާވްތަތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ބާވަތަކީ ހިކި ކިރުގެ ބްރޭންޑެއް ކަމަށްވާ "އަލް ނޫރެވެ،" މިއީ ކުރިން އެސްޓީއޯއިން ވިއްކި "އަލް މުދިޝް" ކުންފުނީގެ އުފެއްދުމެކެވެ.

ރައީޒް ވިދާޅުވީ މިތަނުގެ ސަބަބުން ވިޔަފާރިތަކަށް މުދާ ނަގަން އައިސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އެސްޓީއޯ އިން އެތެރެކުރާ ބާވަތްތައް ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތެއް ހެދުން މިތަނުގެ ބޭނުމަކީ. މި އުފެއްދުންތައް ސުޕަމާޓުން ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

މެނޭޖަރު ވިދާޅުވި ގޮތުގައި މިތަނުގައި އެސްޓީއޯ އިން އެތެރެކުރާ ހުރިހާ އެއްޗެއްހެން ހުންނާނެ ކަމަށެވެ.

"މާރުކޭޓަރު ސަރަހައްދަށް ބާޒާރު މައްޗަށް އަޅުގަނޑުމެން މިއަކީ އެސްޓީއޯއިން ވިއްކާ ބާވަތްތައް ހިފައިގެން،" ރަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕަމާޓް ހޯލްސޭލް ސެންޓަރުން 500ރ. އިން މަތީގެ ވިޔަފާރިއެއް ކޮށްފިނަމަ ގެއަށް ގެންގޮސް ދިނުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއެއްނަމަ މާލޭގެ ކޮންމެ ތަނަކަށް ވެސް ގެންދެވިދާނެ. ފިހާރަ ބަންދުކުރާނީ އެ ދުވަހެއްގެ އޯޑަރު ދިން ބާވަތްތަކެއް ގެންގޮސް ދިނުމަށްފަހު. ވީހާވެސް އަވަހަށް ހިދުމަތް ދިނުން މަގުސަދަކީ،" ރަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ތިބެފައި ބޭނުންވާ އެއްޗަކަށް އޯޑަރު ދިނުމުން ދޯންޏާއި ހަމައަށް ގެންގޮސް ދިނުމުގެ ހިދުމަތް ވެސް ދޭނެ ކަމަށެވެ.

"ފައިސާ އެކައުންޓަށް ޖަމާކޮށްދިނީގައި ދޯންޏާ ހަމައަށް ގެންގޮސް ދޭނެ. ކުރިން މި ހިދުމަތް ދެނީ ދެކުނު ފަރާތުގައި ހުރި ގުދަނުން. އެހެންވުމުން ކަސްޓަމަރުންނަށް ދިތިވޭ،" ރަމީޒް