އެލްޖީއޭ

އެލްޖީއޭއަށް ސީއޯއަކު ހޯދަން އިއުލާން ކޮށްފި

Aug 14, 2016
1

ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް (އެލްޖީއޭ) ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އެއް ހޯދަން އިއުލާން ކޮށްފި އެވެ. އެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާން ކުރީ އެ މަގާމުގައި ހުންނެވި ފާރޫގު މުހައްމަދު ހަސަން މަގާމުން ވަކި ކުރުމަށްފަހު އެވެ. ފާރޫގު މަގާމުން ވަކި ކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

މީހަކު ހޯދަން އެލްޖީއޭއިން އަލަށް ކުރި އިއުލާނުގައި ބުނެފައިވަނީ، މަގާމަށް ޝައުގުވެރިވާ މީހުން މި މަހުގެ 23 ވަނަ ދުވަހު އެ އޮތޯރިޓީ ބަންދުވުމުގެ ކުރިން ފޯމް ހުށަހެޅުމަށެވެ.

މުސާރައިގެ ގޮތުގައި އެލްޖީއޭގެ ސީއީއޯ އަކަށް 35000ރ. ލިބެ އެވެ. އަދި ލިވިން އެލަވަންސް އަށް މަހަކު 5000ރ. އާއި ސާވިސް އެލަވަންސް އަށް 2000ރ. ލިބި އެވެ. އެ މަގާމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ގަވަނަންސް ނޫނީ ޕަބްލިކް ސެކްޓާ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން، ނުވަތަ އެހެން ދާއިރާއަކުން ޑިގްރީ އަކާއި މާސްޓާސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއި ސަރުކާރުގެ އޮފީހެއް ނުވަތަ ކުންފުންޏެއް ނުވަތަ އޮފީހެއްގެ ސެކްޝަނެއް ހިންގުމުގައިމަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާލިބިފައިވުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ސެމިނާތަކާ މަސައްކަތު ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައިވުމުގެ ތަޖްރިބާ ލިބިފައިވުން ހިމެނެ އެވެ.

އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ 2010 ވަނައަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަދުވަހު އުފައްދަވާފައިވާ މުއައްސަސާއެކެވެ.