ހަބަރު

ނާޒިމް ދޫކޮށްލަން އިމްރާން ގޮވާލައްވައިފި

Feb 21, 2015
1

ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ހައްގުތައް ލިބިދޭކަން ކަށަވަރުކޮށް ދިނުމަށް ނާޒިމް ދޫކޮށްލަން ގޮވާލާ ކަމަށެވެ.

ނާޒިމް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތާއީދުކޮށްފަ އެވެ. ނާޒިމްގެ ބަންދަށް މިމަހުގެ 10 ވަނަ ދުވަހު ކޯޓުން އިތުރުކުރި މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.