ޓޫރިޒަމް

އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ރައީސް އުފައްދައިފި

Aug 14, 2016
2

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު އުފައްދަވައިފި އެވެ. އެ މަނިކުފާނު މި ކުންފުނި އުފެއްދެވީ ގާނުނު އަސާސީ އާއި ރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުނި އުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހި މުޖުތަމައަށް ކުރާ ހެޔޮ ލާބައާއި މަންފާ އިތުރަށް ފުޅާކުރުމަށެވެ.

އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެ ސިނާއަތުގައި ސީދާގޮތުން ބައިވެރިވުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިކޮށްދީ، މެދު ފަންތީގެ ފަތުރުވެރިކަން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ރާއްޖެއަށް ތައާރަފްކޮށް ހިންގުމަށެެ.