މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންގެ 10 އޮފިސަރަކު ޓްރޭނިން ހަދަން މެލޭޝިޔާއަށް

Aug 14, 2016
1

ލޯ އެންފޯސްމަންޓް ޓްރޭނިން ހަދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 10 އޮފިސަރަކު މެލޭޝިޔާއަށް ފުރައިފި އެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިޔަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމަކީ މެލޭޝިޔާ ޕްރިޒަން ޑިޕާޓްމަންޓުން އިންތިޒާމްކޮށް ލޯ އެންފޯސްމަންޓް ދާއިރާއަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެކެވެ.

ކަރެކްޝަނުން ބުނީ މެލޭޝިޔާގެ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަން، ދާތޯ ސްރީ ހާޖީ ޒުލްކިފްލި ބިން އޮމަރް މިދިޔަ މޭ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އާއި ބައްދަލުކުރައްވައި، ކަރެކްޝަންގެ އޮފިސަރުން ތަމްރީންކުރުމުގެ މަޝްވަރާތައް ވަނީ ކޮށްފަ އެވެ.