ބޭރު ކުޅިވަރު

"ސެވިއްޔާ ބަލި ކުރެވުމަކީ ދުރަށް އެޅުނު ބޮޑު ފިޔަވަޅެއް"

މުހިންމު ކުޅުންތެރިންނަށް އަނިޔާ ވުމުންވެސް ބާސެލޯނާއިން މެޗްގައި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ.

ރޭ ގެ މެޗްގެ ކުރީ ކޮޅު ބާސާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާއާ އާއި ޑިފެންޑާ ޖެރުމީ މެތިއުއަށް އަނިޔަވެގެން ވަނީ ބަދަލުކޮށްފައެވެ.

"އަހަރެން ވަރަށް ބޮޑަށް ހިތް ހަމަޖެހޭ މި މެޗާ މެދު. މީ ކުރިއަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. އަހަރެމެން ފުރަތަމަ ހާފު ރަނގަޅަށް ކުޅުނީ. ދެ ވަނަ ހާފުގައި ކުޅުނީ އާދަޔާހިލާފް މޮޅު ކުޅުމެއް" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ އަންނަ ބުދަ ދުވަހު ކުޅޭ ދެ ވަނަ ލެގް މެޗް ކާމިޔަބު ކުރުމަށް ރޭ ގެ މެޗުން ބާސާ ރަނގަޅަށް ބައްޓަން ވެފައިވާ ކަމަށެވެ.

ބާސާގެ ކޯޗް ކަމުގައި ތިން ވަނަ އަހަރު ހޭދަ ކުރާ އެންރީކޭ ބުނީ މެޗްގައި ފުރަތަމަ އެގާރައިގައި ކުޅުނު ކުޅުންތެރިންނާއި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެި ކުޅުންތެރިންގެ ފަރާތުންވެސް ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ.

ރޭ ގެ މެޗްގައި ބާސާ ކަމިޔަބު ކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑލުއިސް ސުއަރޭޒް ކަމިޔަބު ކުރިއިރު ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މުނީރު ހައްދަދީއެވެ.

"އަހަރެމްނެގެ ކުޅުންތެރިން އެންމެ ހައި ލެވަލްގައި ވަނީ ޕަފޯމް ކޮށްފަ. އެ ހުރިހާ ކުޅުންތެރިން އަހަރެމެން ބޭނުން ކުރާނަން. ސަބަބަކީ އަހަރެމެން ކޮންމެ ތިން ދުވަހގަކުން މެޗް ކުޅެން ޖެހޭނެ" އެންރީކޭ ބުންޏެވެ.