ބޭރު ކުޅިވަރު

ރިއޯ އޮލިމްޕިކްސް: ޖެހިޖެހިގެން ރަން މެޑަލް ހޯދައި ބޯލްޓާއި މުރޭ ތާރީހްގެ ތެރެއަށް

Aug 15, 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރިއޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ޖެހިޖެހިގެން ރަން މެޑަލް ހޯދައި ދުނިޔޭގެ އެންމެ ބަރު ދުވުންތެރިޔާ އުސެން ބޯލްޓާއީ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ އޮލިމްޕިކްގެ ތާރީހްގައި ރެކޯޑެއް ގާއިމުކޮށްފިއެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި 9.81 ސިކުންތުން ރޭސް ނިންމައި އާ ރެކޯޑެއް ނެހެދުނު ނަމަވެސް ބޯލްޓް ވަނީ އެންމެ ފަހުން ބޭއްވި ތިން އޮލިމްޕިކްގައިވެސް ރަންމެޑަލް ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފިއެވެ.

ސަތޭކަ މީޓަރު އިވެންޓްގައި ދުނިޔޭގެ ރެކޯޑާއި އޮލިމްޕިކްގެ ރެކޯޑްވެސް އޮތީ ބޯލްޓް އަތުގައެވެ.

ބާލިންގައި ބޭއްވި ގޭމްސްގައި 9.58 ސިކުންތުންނެވެ. އޮލިމްޕިކްގެ ރެކޯޑް 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި 9.63 ސިކުތުން ރޭސް ފުރިހަމަ ކޮށްގެން ބޯލްޓް ހެދި ރެކޯޑެވެ.

އެތުލެޓިކްސްގެ 400 މީޓަރު ދުވުމުން ދެކުނު އެފްރިކާގެ ވެޑީ ވަން ނިކާކް ވަނީ ދުނިޔޭގެ ރެކޯޑް މުގުރާލާފައެވެ. އޭނާ ރޭސް ނިންމީ 43.3 ސިކުންތުންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ އެމެރިކާގެ ކުރީގެ ދުވުންތެރިޔާ މައިކަލް ޖޯންސަން 17 އަހަރު ކުރިން ހެދި ރެކޯޑްގެ ގޮތުގަ އެވެ. އޭނާ އަތުގައި އޮތީ 43.18 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އޮލިމްޕިކްގެ ޓެނިސް ފިރިހެން ސިންގަލްސް ފައިނަލްގައި މުރޭ ރަން މެޑަލް ހޯދީ ފައިނަލްގައި އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޯޓޯ ބަލި ކުރުމަށްފަހުއެވެ. މުރޭ ކާމިޔަބު ކުރީ ހަތަރު ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓް 7-5 ކަމިޔަބު ކުރިއިރު ދެ ވަނަ ސެޓް މާޓިން ކާމިޔާބު 4-6 ން ނެވެ. ތިން ވަނަ ސެޓް 6-2 ން ކަމިޔަބު ކުރިއިރ ފަހު ސެޓް ކާމިޔަބު ކުރީ 7-5 ން ނެވެ.

މިފަހަރުގެ އޮލިމްޕިކސް ކަމިޔަބު ކުރުމާއެކު މުރޭ ވެފައިވަނީ ޖެހިޖެހިގެން އޮލިމްޕިކްސް ސިންގަލް ކަމިޔަބު ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.