ވިޔަފާރި

މަޝްހޫރު "ބުކިން ޑޮޓްކޮމް" ގެސްޓް ހައުސް ކޮންފަރެންސްގައި

Aug 16, 2016

މަޝްހޫރު އޮންލައިން ބުކިން ވެބް ސައިޓްކަމަށްވާ "ބުކިން ޑޮޓްކޮމް" ގެސްޓް ހައުސް ކޮންފަރެންސުގައި ބައިވެރިވެއްޖެ އެވެ.

ގެސްޓް ހައުސް ކޮންފަރެންސް އިންތިޒާމުކުރާ ގެޓް އަވޭސް ކުންފުނިން ބުނި ގޮތުގައި "ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް 2016" ގައި ބައިވެރިވުމަކީ ޝަރަފެއް ކަމަށެވެ. އަންނަ މަހުގެ 24 ވަނަ ދުވަހު ބާއްވާ ގެސްޓް ހައުސް ކޮންފަރެންސުގައި 150 ގެސްޓް ހައުސް ވެރިންވެސް ބައިވެރިވާނެ އެވެ.

ބުކިން ޑޮޓްކޮމްއަކީ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ދުނިޔޭގެ އެތައް މިލިއަން މީހުންނެއް ބުކިން ހައްދާ ވެބްސައިޓެކެވެ.

ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޑަބްލިޔުޓީއޯ) ބަލައިގަނެ ވަނީ އެންޑޯސްކޮށްފަ އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮންނާނީ މަހުގެ 24 ވަނަ ދުވަހު އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.