ހަބަރު

"އަޅުގަނޑު މިހުރީ ރައީސް ޔާމީނާއެކު"

Feb 21, 2015
6

ހުންނެވީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.

މުސްތޮފާވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ ބައެއް މެންބަރު ޖޭޕީއާ ގުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް މުސްތޮފާ ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ އޭނާ ހުންނެވީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރާއެކުގައި ކަމަށާއި ހިޔާލާއި ފިކުރު އަދި ބަދަލުވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ ބިންމަތީގައި ފަސާދަ ނުކުރުމަށާއި އެނާ ހުންނެވީ ޕީޕީއެމްގައި ކަމަށެވެ.

މުސްތޮފާ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ޕީޕީއެމް ދޫކުރައްވާ ޖޭޕީއާ ގުޅި ވަޑައިގެންފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

އެކަން އޭނާ މިހާތަނަށް ޔަގީންކޮށް ނުދެއްވި ނަމަވެސް އޭނާ ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދޫކޮށްލަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ގޮވާލައްވާފައެވެ