ވިޔަފާރި

އެސްޓީއޯއިން ޑެވަންޑެލް އާއި އަލްނޫރު ހިކިކިރު ބާޒާރަށް ނެރެފި

Aug 16, 2016
1
  • ރީޖަނަލް ފިހާރަތަކުންވެސް ލިބެން ހުރޭ
  • އަގު ހެޔޮ ހިކި ކިރެއް
  • ދެ ސައިޒެއް ލިބެން ހުރޭ

އެސްޓީއޯ އިން ޑެވަންޑޭލް އަދި އަލް ނޫރު ބްރޭންޑްގެ ހިކި ކިރު ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯ ސުޕަމާޓުން ބުނީ އަލަށް ތައާރަފްކުރެވުނު ދެ ބްރޭންޑްގެ ތެރެއިން އަލް ނޫރު އަކީ އޮމާންގެ ހިކިކިރު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސުޓަފް" ގެ މޮޅު އުފެއްދުމެއް ކަމަށާއި، މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެއް ކަމަށެވެ. އަ އަލް ނޫރު ހިކިކިރުގެ ހުންނަނީ 400 ގުރާމް އާއި 1800 ގުރާމް އަދި 2250 ގުރާމް ގެ ޕެކެޓެވެ.

ޑެވަންޑޭލް ބްރޭންޑްގެ ހިކިކިރުގެ އެއް ކިލޯގެ ޕެކެޓް ހުންނައިރު މި ބްރޭންޑަކީ އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާތާ 20 އަހަރު ވެފައިވާ މިހާރު ވެސް ދިވެހިންގެ މެދުގައި އެންމެ މަގޫބޫލް ޔޫއެޗްޓީ މިލްކް ބްރޭންޑުގެ އުފެއްދުމެކެވެ.

އެސްޓީއޯ އިން ބުނީ މި ހިކި ކިރަކީ ދިވެހިންގެ ގޭގޭގައި ވަރަށް ގިނައިން ބޭނުންކުރާ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތަކަށްވުމާއެކު މި ފަދަ ޒަރޫރީ ކާބޯތަކެތި ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓިއޯ ސުޕަމާޓްގެ މަގުސަދެއް ކަމަށެވެ. މިހާރު ވެސް ސްޕަމާޓާއި އެސްޓިއޯ ގެ 13 ރީޖަނަލް ފިހާރައާއިގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ވަރަށް ގިނަ ރީޓެއިލް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.

އަދި އަލް ނޫރު އާއި ޑެވަންޑެލްއަކީ މި ވަގުތު ބާޒާރުގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުހެޔޮ ހިކިކިރުގެ ބްރޭންޑްތަކުގެ ތެރޭގައި ގުނާލެވޭނެ ދެ ބްރޭންޑް ކަމުގައި އެސްޓިއޯ އިން ބުނެ އެވެ.

މިގޮތުން އަލް ނޫރު 400 ގުރާމް 45ރ. އަށް، 1800 ގުރާމް 185ރ. އަށް އަދި 2250 ގުރާމް 228ރ. އަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓުންނާއި އަތޮޅުތަކުގެ ގިނަ ފިހާރަތަކުން ލިބެން ހުންނައިރު ޑެވޮންޑަލް ގެ އެއް ކިލޯ ގެ ހިކިކިރު ޕެކެޓް ވެސް 105ރ. އަށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.