ދުނިޔެ

އެލް ޗަޕޯގެ ދަރިފުޅު ރަހީނުކޮށްފި

Aug 17, 2016

މެކްސިކޯގެ އެންމެ ބޮޑު ޑްރަގް ލޯޑް އަދި އެ ގައުމުގެ އެންމެ "ވޯންޓެޑް" މީހާ ކަމުގައިވާ ޖޯކިން މަޝްހޫރު ނަމުން ނަމަ، "އަލްޗަޕޯ" ދަރިފުޅު އަލްފްރެޑޯ ގުޒްމަން ރަހީނުކޮށްފި އެވެ.

އޭނާ ރަހީނުކޮށްފައިވަނީ އަލްޗަޕޯގެ އާއިލާ ނިސްބަތްވާ ސިނާލޯ ކާޓެލް އާއި ދެކޮޅު ގޭންގަކުންނެވެ. އެލްޗަޕޯ އަކީ ސިނާލޭ ކާޓެލްގެ ވެރިޔާ އެވެ. އަލްފްރެޑޯ ވަގަށް ނަގާފައިވަނީ މެކްސިކޯގެ ރިސޯޓެއް ކަމަށްވާ ޕުއެރްތޯ ވަޔާތާގެ ރެސްޓޯރެންޓަކުންނެވެ.

މިއަހަރުގެ ޖެނުއަރީމަހު އެލްޗަޕޯ ހައްޔަރުކޮށްފައިވާއިރު އޭނާ އެމެރިކާއާ ހަވާލުކުރަން މެކްސިކޯއިން ވަނީ ނިންމާފަ އެވެ. މީގެ އަހަރުތަކެއް ކުރިން ދެ ފަހަރު އެލްޗަޕޯ ވަނީ ޖަލުން ފިލާފަ އެވެ.

އަލްޗަޕޯގެ މައްޗަށްވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެމެރިކާއަށް އެތެރެކުރި ކަމުގެ ދައުވާ އުފުލާފަ އެވެ. އޭނާގެ ދަރިފުޅުގެ މައްޗަށްވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ދައުވާކޮށްފައިވެ އެވެ.