ހަބަރު

ސިވިލް ކޯޓުގެ އިސްގާޒީ އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކޮށްފި

Feb 22, 2015

ސިވިލް ކޯޓުގެ އިސްގާޒީއަކަށް ހުންނެވި އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކޮށް، ޑްރަގް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ސިވިލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކުރީ އޭނާ އެގޮތަށް އެދިވަޑައިގަތުމުންނެވެ. ނަމަވެސް ގާޒީ ޒުބައިރު ސިވިލް ކޯޓަށް ބަދަލުކުރީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެ އެވެ.

ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދު ސިވިލް ކޯޓުން ޑްރަގް ކޯޓަށް ބަދަލުކުރިއިރު ސިވިލް ކޯޓަށް އިތުރު ހަތަރު ފަނޑިޔާރަކު މިދިޔަ ހަފުތާގައި ވަނީ އައްޔަންކޮށްފަ އެވެ.