ހަބަރު

ގުޅުން ބަދަހި ކުރެއްވުމަށް އަންނަ މަހު 15 ގައި މޯދީ ރާއްޖެއަށް

Feb 22, 2015

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅު ކުރައްވާނީ އަންނަ މަހުގެ 15 ގައި ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

"މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރައީސް މީގެ ކުރިން އެމަނިކުފާނަށް ދެއްވި ދައުވަތަށް،" އޮފިޝަލް ވިދާޅުވި އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ރައީސް ޔާމީން ދައުވަތު ދެއްވީ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ވަޑައިގެން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. އެ ދަތުރުފުޅުގައި އޭރުގެ ބޮޑު ވަޒީރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރެއްވި އެވެ.