ބޭރު ކުޅިވަރު

އިބްރަހިމޮވިޗްގެ ދެ ލަނޑުން ޔުނައިޓެޑް އެއްވަނަ އަށް

ޒްލަޓާން އިބްރަހިމޮވިޗް ޖަހައިދިން ދެ ލަނޑުން 2-0އިން ސައުތެމްޓަން އަތުން މޮޅުވެ އިނގިރޭސި ޕްރެމިއާ ލީގު ޓޭބަލުގެ އެއްވަނާގައި މެންޗެސްޓާ ޔުނައިޓެޑް ހަމަޖެހިލައފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ މެންޗެސްޓާ އަށް ކުޅެދިން ފުރަތަމަ މެޗުގައި އިބްރަހިމޮވިޗް ފުރަތަމަ ލަނޑު ޖެހީ 36 ވަނަ މިނިޓްގަ އެވެ. އެއީ ކެޕްޓަން ވޭން ރޫނީ ނަގައިދިން ހުރަހަލުން ބޮލުން ޖަހަ އެވެ. ދެ ވަނަ ލަނޑު އޭނާ ޖެހީ 52 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޔުނައިޓެޑާ ގުޅުމަށްފަހު މިހާތަނަށް ކުޅުނު ތިން މެޗުގައި 34 އަހަރުގެ ފޯވަޑް ޖެހި ހަތަރުވަނަ ލަނޑެވެ.

މި މޮޅާއެކު ޔުނައިޓެޑް ޓޭވަލުގެ އެއްވަނާގައިވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކުގަ އެވެ.

މި މެޗަކީ މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ކުރީގެ ކުޅުންތޔެރިޔާ ޕައުލް ޕޮގްބާ 100 މިލިއަން ޕައުންޑް ހަރަދުކޮށްގެން ގެނައި ފަހު އެނެ ކުޅނު ފުރަތަމަ މެޗެވެ. ހަފުތާއަކު 290000 ޕައުންޑް މުސާރައަށް ލިބޭ ޕޮގްބާ 90 މިނިޓް ހަމަކުރިއިރު ކޯޗު މޮރީނިއޯ ބުނީ ޕޮގްބާގެ ކުޅުން އަދި ރަނގަޅު ކުރަންޖެހޭ ކަމަށެވެ.