ހަބަރު

ދިރާގުން އަލިފާން ނިވާ ސާމާނު އެފްއާރްއެސްއަށް ދެނީ

Feb 22, 2015

ސިފައިންގެ ފަޔާ އެންޑް ރެސްކިއު (އެފްއާރްއެސް) އަށް އަލިފާން ނިއްވާ ތަކެތި ފޯރިކޮށް ދިނުމުގެ އެއްބަސްވުމެއްގައި ދިރާގާއި އެމްއެންޑީއެފުން ސޮއިކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ދިރާގާއެކު މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ދިރާގުން އެފްއާރުއެސްއަށް ފަޔާ އިކުއިޕްމެންޓް ފޯރުކޮށްދޭއިރު އެފްއާރުއެސްއިން ދިރާގުގެ މުވައްޒަފުންނަށް ފަޔާ އެވެއާނެސް ޕްރޮގްރާމްތަކާއި ފަޔާ ސްކޮޑް ތަމްރީނު ކޮށްދޭނެ ކަމަށެވެ.

މިއަދު ހެނދުނު ދިރާގު ބޭއްވި ރަސްމިއްޔާތުގައި އެފްއާރުއެސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމާންޑާ ކާނަލް އިބްރާހީމް ރަޝީދެވެ. ދިރާގުން ސޮއިކުރީ ޑައިރެކްޓަ ހިއުމަން ރިސޯސް އަޙުމަދު މުޙައްމަދު ދީދީއެވެ.