ވިޔަފާރި

ބީއެމްއެލް ގެސްޓް ހައުސް ކޮންފަރެންސް މަޓީ އިން ބަލައިގެންފި

Aug 22, 2016

ބީއެމްއެލް- ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެންޑޯޒް ކޮށްފި އެވެ.

ގެސްޓް ހައުސް ކޮންފަރެންސް އިންތިޒާމުކުރާ ގެޓްއަވޭސް އިން ބުނީ މަޓީން ގެސްޓް ހައުސް ކޮންފަރެންސް އެންޑޯޒްކޮށް ބައިވެރިވާނެ ކަމަށެވެ.

މަޓީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މައި ޑިޝިންތައް ނެގުމާއި ޕޮލިސީތައް ކަނޑައެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޖަމިއްޔާ އެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ ބީއެމްއެލް ގެސްޓް ހައުސް ކޮންފަރެންސްގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮންނާނީ މަހުގެ 24 ވަނަ ދުވަހު އެވެ. މި ބައްދަލުވުމުގައި 150 ގެސްޓް ހައުސް ވެރިން ބައިވެރިވާނެ އެވެ.