ވިޔަފާރި

ކާނި ބީޗް ހޮޓެލްއަށް ބުކިން ޑޮޓްކޮމްގެ އެވޯޑް

Aug 22, 2016
1
  • ކުރިންވެސް ގިނަ އެވޯޑުތަކެއް ލިބުނު
  • ގެސްޓްހައުސް ވިޔަފާރި ދަނީ ފުޅާކުރަމުން
  • ބޭނުމަކީ ރާއްޖެއަކީ ރީތިކަން ދައްކައި ދިނުން

ކ.މާފުށީ ކާނި ބީޗް ހޮޓެލްއަށް ބުކިން ޑޮޓްކޮމްގެ "ހައުޓްސްޓޭންޑިން ހޮޓެލް ޕާޓްނަރު" އެވޯޑު ލިބިއްޖެ އެވެ.

"އަވަސް"އާ ވާހަކަ ދައްކަވަމުން ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ބުކިން އެޖެންސީގެ އެވޯޑެއް ލިބުމަކީ ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މި އެވޯޑު ލިބުނީ ކުންފުނި މެދުވެރިކޮށް ގެންނަ ގެސްޓުން ގިނަވެފައި ގެސްޓުންނަށް ދޭ ހިދުމަތް ރަނގަޅުވުމުން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް މީގެ ކުރިން "ޓްރެވަލާސް ޗޮއިސް" އެވޯޑާއި ޓްރިޕްއެޑްވައިޒާގެ "ސެޓިފިކޭޝަން އޮފް އެކްސެލެންސް" ގެ އިތުރުން އަގޯޑާގެ "ގޯލްޑަން ސާކަލް އެވޯޑު" ވެސް ލިބިފައިވާ ކަމަށެވެ. މި އެވޯޑުތައް ލިބެނީ ކުންފުނީގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކާނި ހޮޓެލްސްގެ އަމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ ވަރަށް ރަނގަޅަށް ކަމޭ ހިތާ ރަހުމަތްތެރި ގައުމެއްކަން ދައްކައި ދިނުން،" އަބްދުﷲ ވިދާޅުވި އެވެ.

މާފުށީގައި އެންމެ ފުރަތަމަ ގެސްޓް ހައުސްގެ ވިޔަފާރި ފެށި އެއް ކުންފުނިން ދަނީ އަންނަ އަހަރު 2.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އިތުރު ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިތަނުގައި 50 ކޮޓަރި ހުރެ އެވެ.