ވިޔަފާރި

"ދަ އައިލެންޑް ޗީފް" މަޖައްލާ ނެރެން ފަށައިފި

Aug 23, 2016
3

ހަމައެކަނި ޓޫރިޒަމް ހަބަރާއި މައުލޫމާތު ފަތުރަން "ދަ އައިލެންޑް ޗީފް" ގެ ނަމުގައި މަޖައްލާއެއް ނެރެން ފަށައިިފި އެވެ.

"ދި އައިލެންޑް ޗީފް" ގެ ނަމުގައި މަހަކު އެއް ފަހަރު އިނގިރޭސި ބަހުން ނެރެން ފަށާފައިވާ 24 ސަފްހާގެ މި މަޖައްލާ ނެރެނީ ކުލަ ޗާޕްކޮށްގެނެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ޓެބްލޮއިޑް މަޖައްލާ "ދަ އައިލެންޑް ޗީފް" ގެ މެނޭޖިން އެޑިޓަރު މަސްހޫދު އަބްދުﷲ ވިދާޅުވީ މި މަޖައްލާގައި ހުންނާނީ ހަމައެކަނި ޓޫރިޒަމް ހަބަރުތައް ކަމަށާއި ރިސޯޓުތަކުން ނެރޭ ޕްރެސް ރިލީޒްތަކާއި ޓޫރިޒަމްގެ ހަބަރުތައް ހިމަނާނެ ކަމަށެވެ.

"މި މަޖައްލާ ނެރުމުގެ މަގުސަދަކީ ރާއްޖޭގައި މިހާރަކު ނެތް ރިސޯޓު މާކެޓަށް ހާއްސަ މެގަޒިންއެއް، އެހެންވެ އެކަން ފޫބައްދައިދިނުން އެއީ ބޭނުމަކީ،" މަސްހޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބައިވެރިވާ ހުރިހާ ފެއާތަކެއްގައި މި މަޖައްލާ ބެހުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"އެއާލައިންތަކުން ދަތުރުކުރައްވާ މީހުންގެ އަތަށް ސީދާ ދޭގޮތަށް މި [އައިލެންޑް ޗީފް މަޖައްލާ] ތައްޔާރު ކޮށްފައި މި ވަނީ،" މަސްހޫދު ވިދާޅުވި އެވެ.

"އައިލެންޑް ޗީފް" އަކީ ކުރީގެ ރައްރަށުގައި އެންމެ އިސްކޮށް ހަރަކާތެރިވުމަށް ސަރުކާރުގެ ފަރާތުން ތިބޭ ކަތީބުނަށް ކިޔާ ނަމެކެވެ. އަދި ފަހުގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން ނަށް ވެސް އައިލެންޑް ޗީފް ކިޔައި އުޅެ އެވެ.