އައިހެވަން

އައިހެވަން މާސްޓާ ޕްލޭން ހަދަން ހުށަހަޅާ މުއްދަތު އިތުރުކޮށްފި

Aug 23, 2016
6

އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން ރާއްވަވާފައިވާ އައިހެވަން އިންޓަގްރޭޓަޑް ޕްރޮޖެކްޓްގެ މާސްޓާ ޕްލޭން ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ޕްރޮޕޯޒަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

ކުރިން އެ މުއްދަތު އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

އައިހެވަން އިންޓަގްރޭޓަޑް މަޝްރޫއަކީ ޒަމާނީ ބަނދަރެއް ހިމެނޭގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓުކުރާ އިތުރު އިންޑަސްޓްރީތައް ކަމުގައިވާ ވެއާ ހައުސިން އާއި ޕެކޭޖިން އާއި ޕްރޮސެސިން އާއި މެނުފެކްޗަރިން އާއި އިންޓަނޭޝަނަލް ކްރޫޒް ފެސިލިޓީޒް އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނޭގޮތަށް ތަރައްގީ ކުރަން ރާވާފައިވާ މަޝްރޫއެކެވެ.

ހިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ދަޢުވަތާ ގުޅޭ ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސްގައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު ކުރިން ވަނީ ހުޅުވާލާފަ އެވެ.

އައިހެވަން އަކީ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ބިޔަ ޕްރޮޖެކްޓެކެވެ.